English Edition
Dhivehi Edition

1968 ވަނަ އަހަރު ސަޕްނޯކާ ސައުދާގަރު އިން ބޮލީވުޑަށް ތައާރަފުވި ހެމާ މާލިނީ އޭނާގެ 69 ވަނަ އުފަންދުވަހާއި ދިމާކޮށް ރާމް ކަމާލް މުކަރްޖީ ލިޔެފައިވާ އޭނާގެ ބައޮގްރަފީ ‘ހެމާ މާލިނާ-ބިޔޮންޑް ދި ޑްރީމް ގާލް’ ނެރެފިއެވެ.

މި ފޮތް ނެރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ހެމާ ބުނެފައިވަނީ އޭނާގެ ދޮންދަރިން ކަމުގައިވާ ބޮބީ ޑިއޯލް އާއި ސަނީ ޑިއޯލް އޭނާދެކެ ވަރަށް ލޯބިވާކަމަށެވެ. “އަހަރެން އެކްސިޑެންޓުވުމުންވެސް އެންމެ ފުރަތަމަ އަހަރެންގެ ހާލު ބަލަން ގުޅި މީހަކީ ސަނީ. ސަނީ ވަނީ އަހަރެންގެ ހާލު ބަލަން ގެއަށް އައިސްފަ. އަހަރެމެންގެ ގުޅުމަކީ ވަރަށް ރަގަޅު ވަރުގަދަ ގުޅުމެއް”ހެމާ ވަނީ ބުނެފައެވެ.

1977 ވަނަ އަހަރު ނިކުތް ޑްރީމް ގާރލް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހެމާ ގެ ބައޮގްރަފީގައި އޭނާގެ ދިރިއުޅުމުގެ މުހިއްމު ވާހަކަތައް ވަނީ ހިމަނާފައެވެ. ބޮލީވުޑްގައި ފައިތިލަ ސާބިތުކުރަމުން ދިޔަ ދުވަސްވަރު ޖީތެންދުރައާއި ދެމެދު ހިގާފައިވާ ލޯބީގެ ގުޅުންތަކާއި ދަރްމަންދަރު އާއި ހެމާގެ ގުޅުން ފެށިގެން ދިޔަ ގޮތުގެ އިތުރުން އޭނާގެ ދަރިންނާއި ދޮންދަރިންގެ ވާހަކަވެސް މި ފޮތުގައިވަނީ ހިމަނާފައެވެ.

ދަރްމެންދަރު އާއި ހެމާ ފުރަތަމަ ދިމާވިއިރު، ދަރްމަންދަރު އުމުރުން 19 އަހަރުގައި ކުރި ކައިވެންޏަށް ހަތަރު ކުދިންވަނީ ލިބިފައެވެ. މުމްބާއީގައި ފިލްމީ މަސައްކަތްތައް ކުރަމުންދިޔަ ދުވަސްވަރު ހެމާއާއި ދެމީހުންގެ ގުޅުން ބަދެހިވެ ދެމީހުންވަނީ ކައިވެނިކޮށްފައެވެ. މި ކައިވެންޏަށް ދެ އަންހެން ކުދިންވަނީ ލިބިފައިވާއިރު އޭނާގެ ހުރިހާ ކުދިންވެސް އުޅެމުންދަނީ ވަރަށް އެކުވެރިކަމާއެކުގައެވެ.

ހެމާ އޭނާގެ 69 ވަނަ އުފަންދުވަސް ފާހަގަކުރަމުންދާއިރު އަދިވެސް އޭނާގެ ރީތިކަމާއި ޒުވާންކަމަށް ބަދަލެއް އައިސްފައިނުވާކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ. ހެމާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޝޯލނަސީބު، މެހެބޫބާ، އަންދާޒު ފަދަ ފިލްމުތައް ހިމެނެއެވެ.