English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ޅައިމަގުގައި ހިތްގައިމު ކޮމިއުނިޓީ ބީޗް ސަރަހައްދެއް ގާއިމުކޮށްފިއެވެ.

މިއީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން ހިންގާ ‘ބީއެމްއެލް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން އެރަށުގައި ގާއިމްކުރި ސަރަހައްދެކެވެ.

މި ކޮމިއުނިޓީ ބީޗް ގައި ވަނީ ދަތުރުގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ހަޓާއެކު ބެންޗު ބަހައްޓައި، ޕިކްނިކް މޭޒާއި ޖޯލި ވެސް ވަނީ ބަހައްޓާފައެވެ.

މި ސަރަހައްދުގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށް ރޭގަނޑު މިތަން ބޭނުންކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހައިތަނަށް 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.