English Edition
Dhivehi Edition

ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ރޭ ތުރުކީގެ ގަލަތަސަރާއި އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ސްޕެއިންގެ ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ރަށުން ބޭރުގައި ގަލަތަސަރާއީ އާއި ދެކޮޅަށް ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ.

ރޭ ދެވަނަ ލެގުން ބާސާ މޮޅުވިއިރު، މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި ވެފައިވަނީ އެއްވަރެވެ. އެހެން ކަމުން ރޭގެ މެޗުން ހޯދި މޮޅާއި އެކު ބާސާ ކުއާޓާ އަށް ދަތުރުކުރީ 1-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 28 ވަނަ މިނިޓްގައި ގަލަަތަސަރާއީން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ލިބުނު ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާސާއޯ އެވެ. ނަަވެސް މެޗުގެ 3 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަކޮށްފައެވެ. ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ޕެޑްރީ ގޮންޒާލޭޒް އެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު ނަމަވެސް ފަހު ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ފްރެންކީ ޑިޔޯން ދިން ބޯޅަ އަކުން މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ޕިއެރޭ އެމެރިކް އޮބަމަޔަން އެވެ. މިއީ މިފަހަރުގެ ސީޒަންގައި ބާސާއަށް ބަދަލުވި ފަހުން އޮބަމަޔަން އެޓީމަށް ކާމިޔާބު ކޮށްދިން ފަސްވަނަ ލަނޑެވެ.