English Edition
Dhivehi Edition

ދިރާގުގެ މުވައްޒަފުންގެ މެދުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް “ދިރާގު އެމްޕްލޯއީ ސޮކަރ ކަޕް” ނުވަތަ ޑެސް ކަޕް ނިންމާފައިފިއެވެ.

2005 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ދެއަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން މިއަހަރު ބޭއްވީ މި މަހުގެ 9 ން 16 ގެ ނިޔަލަށެވެ.

ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުން މުބާރާތް މެދުކެނޑުމަށްފަހު އަލުން ފެށިއިރު، މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ލީގު ސިސްޓަމަށް ތިން ޑިވިޜަނަށް ބަހާލައިގެންނެވެ. އެއީ މެންސް ޕްރިމިއަރ ލީގު، މެންސް ސުޕަރ ލީގު އަދި ވިމެންސް ފިއެސްޓާއެވެ.

މެންސް ޕްރިމިއަރ ލީގު ފައިނަލުގައިި ނެޓްވާރކްސް ޔުނައިޓެޑާއި އާރްއޯސީ ޔުނައިޓެޑު ބައްދަލުކޮށް މެޗު 0-2 ލަނޑުން ކާމިޔާބުކުރީ ނެޓްވާރކްސް ޔުނައިޓެޑެވެ. މެންސް ސުޕަރ ލީގު ފައިނަލުގައި ބައްދަލުކުރީ ރޮކާރޒް އާއި ފައިނާންޒެޒްއެވެ. މި މެޗު 6 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ރޮކާރޒްއެވެ.

ވިމެންސް ފިއެސްޓާގެ ފައިނަލުގައި ސީއެސްސީ ހޯކްސް އާއި ސޭލްސް ފޯސް ބައްދަލުކުރި މެޗު ޕެނަލްޓީ ޝޫޓް އައުޓަށް ފަހު 3 ލަނޑު 5 ލަނޑުން ކާމިޔާބުކުރީ ސޭލްސް ފޯސްއެވެ.

މި މުބާރާތުގައި ކޮންމެ ޑިވިޜަނަކުން ޓޮޕް ސްކޯރަރ، ބެސްޓް 5 ޕްލޭޔަރ އަދި ފެއަރ ޕްލޭ ޓީމު ވަނީ ހޮވާފައެވެ.

މިއަހަރުގެ ޑެސް ކަޕްގައި 24 ޓީމުން 390 ކުޅުންތެރިން ބައިވެރިވިއިރު، ދިރާގުގެ ރީޖަނަލް ސެންޓަރުތަކުން ދެ ޓީމެއް ވެސް ވަނީ ބައިވެރިވެފައެވެ.

ޓެގު