English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ހިންގަމުން އަންނަ ސޮގްނޯ މޯލްޑިވްސް އިން އަންނަ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޚާއްޞަ ރޯދަ ސޭލް އެއް ފަށައިފިއެވެ.

މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ސޭލް އެޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސޮގްނޯއިން ބުނެއެވެ.

ސޮގްނޯ އަކީ ފަހުގެ މޮޑެން ސާމާނާއެކު ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކޮށްލެވޭނެ ގިނަ ބާވަތްތަކެއް އެއްތަނަކުން ލިބިގެންދާ ތަފާތު ރީތި ޑިޒައިން ތަކުގެ ސާމާނު ވިއްކާ ފިހާރައެކެވެ.

ސްގޮނޯ އެންމެ ޚާއްޞަ ކޮށްލެވެނީ ތަފާތު އެކި ބާވަތްތަކުގެ މޮޑެން ބޮކި ތަކާއި ޒަމާނީ ސްޓައިލްގެ ބަދިގެ ސާމާނާއި އަދި ގޭތެރޭގައި މީރުވަސް ބެހެއްޓުމަށް ބޭނުންކުރާ ތަފާތު ވައްތަރު ވައްތަރުގެ އޮއިލް ބާރނާއާއި އެއާފްރެޝްނާގެ އިތުރުން އެންމެ ފަހު ބްރޭންޑެޑް ކޮސްމެޓިކް ސާމާނު ވިއްކާ ގިނަ ބަޔަކަށް މަގުބޫލު ތަނެއްގެ ގޮތުގައެވެ. މީގެ އިތުރުން ޕާޓީތަކަށް ބޭނުންވާ ގިނަ ސާމާނުތައް އެއްތަނަކުން ލިބޭ ތަނަކަށްވެސް ސޮގްނޯ ވަނީ ވެފައެވެ.