English Edition
Dhivehi Edition

އިނިރޭސި ޕްރިމިއާ ލީގުގައި ރޭ ކަރިސްޓަލް ޕެލަސް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުހައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗު ފެށިގެން 12 ވަނަ މިނެޓުގެ ތެރޭގައި ކްރިސްޓަލް ޕެލަސްގެ ހަމަލާއެއް ފެނިގެން ދިޔައިރު، މަޓޭތާ ހުސްކޮށްލާފައި އޭރިޔާތެރެއަށް ނަގައިދިން ބޯޅަ މިކޭލް އޮލީސޭ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލާއި އަމާޒުވާގޮތެއް ނުވިއެވެ. މެޗުގެ 13 ވަނަ މިނެޓުގައި ސިޓީގެ ހަމަލާއެއް ޕެލަސްގެ ގޯލާއި އަމާޒުވިއެވެ. ކެވިން ޑިންރެއިނާ އޭރިޔާ ބޭރުން ފޮނުވާލި ބާރުހަމަލާގެ ހުރަހަކަށް ވީ ޕެލަސްގެ ގޯލް ކީޕަރު ވިސެންޓޭ ގުވައިޓާއެވެ. އޭގެ ފަަހުން މެޗުގެ 25 ވަނަ މިނެޓުގައި ޑިބްރެއިނާގެ ނުރައްކާތެރި ހަމަލާއެއް ވެސް ޕެލަސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ޖެހިގެން އައި މިނެޓުގައި ޖާއޯ ކާންސެލޯ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ވެސް ވަނީ ޕެލަސްގެ ގޯލު އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ރިޔާދް މަހުރޭޒް އަށް ވެސް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިގެން ދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ވެސް ޕެލަސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ފަހު ހާފުގެ ކުޅުން ފެށިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި ސިޓީގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ދިޔައެވެ. އެގޮތުން ޑިބްރެއިނާ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، މަހުރޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިމަތިން ބޭރަށެވެ.

ރޭގެ ނަތީޖާއާއި އެކުވެސް ސިޓީ އޮތީ ތާވަލްގެ އެއްވަނާގައި ދެވަނައިގައި އޮތް ލިވަޕޫލަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެޓީމަށް ވަނީ މިހާތަނަށް ކުޅުނު 28 މެޗުން 70 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 28 މެޗުން 59 ޕޮއިންޓެވެ.