English Edition
Dhivehi Edition

ރަލަކީ އޭގެ ނުރައްކާތެރިކަން އެހާބޮޑު އަދި އިސްލާމްދީނުގައި އެކަމެއް ކުރުމުން މުސްލިމުންނަށް އެތައް ގޮތަކުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ.ރާ ބުއިން އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވަނީ ހަމަ އެކަނި މަސްތުވާ އެއްޗަކަށް ވާތީއެއް ނޫނެވެ.މިއިން އިންސާނާގެ ހަށިގަނޑަށް އެކަމުގެ ސަބަބުން އަންނަ ބަދަލާއި ލިބޭ ގެއްލުމުގެ ބޮޑުކަމުންވެސް މެއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙް އަލީ ޒައިދް ވިދާޅުވަނީ ރާ ބުއިމަކީ މޮޅު ކަމެއް ނޫން ކަމަށެވެ.އަދި ކޫލް ކަމެއްވެސް ނޫންކަމަށާއި އަދި މިއީ ﷲ ގެ ލައުނަށް ލިބޭ ކަމެއް ކަމަށެވެ.އަދި ޝެއިޙް ވިދާޅުވީ ރާ ބޮއިގެން 40 ދުވަސް ވަންދެން ކުރާ ނަމާދު ޤަބޫލު ނުކުރައްވާނޭ ކަމަށާއި މިއީ ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ކަމެއް ކަމަށެވެ.އަދި އެތާނގެ(ސުވަރުގޭގެ)ވަސް 500 އަހަރުގެ ރާސްތާއެއް ހުންނަކަމަށާއި އަމިއްލަ ބުއްދި ނަގާ އެއްލާލުމަކީ މޮޔަކަމެއް ކަމަށް ޝެއިޙް ވިދާޅުވިއެވެ.

މިކަމަކީ ރާއްޖޭގައި މިހާ ބޮޑު މައްސަލައަކަށް ވެފައިވާއިރު މިކަމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އެންމެ ފަސޭހައިން ކެންސަރުޖެހުމަށް މަގުފަހިވާ ކެޓަގަރީ އެކަކަށް ލާފައިވާ އެއް ކަމެވެ.އަދި މި ގިންތީގައި ސިނގިރެޓު ބުއިމާއި ނުރައްކާތެރި ވައިރަހެއް ކަމަށްވާ ހެޕަޓައިޓެސް ވައިރަސްވެސް ހިމެނެއެވެ.

ރާ ބުއިމަކީ ކެންސަރު ޖެހުމަށް މަގުފަހިވަަކަމަކަށް ވާއިރު ރާބޯމީހުންނަށް އަންނާނެ ބަދަލު ތަކުގެ ތެރޭގައި ޖިންސީ ބަލިކަށިވުމާއި، ޑިޕްރެޝަނަށް ދިއުމާއި، ނިދި މަދުވުން އަދި ޙަޖަމު ކުރުމަށް އުނދަގޫވުމާއިއި ކުޑަކަމުދާ ނިޒާމު ބަލިކަށިވުމުގެ އިތުރުން ހަށިގަނޑުގެ ބާރުދެރަވެ، މާބޮޑަށް ފަލަވުން ނުވަތަ މާ ބޮޑަށް ހިކުންފަދަ ކަންކަމާއި ކުރިލަތިލާން ޖެހެއެވެ.

1 ކޮމެންޓް
ނިއްކޮ
ޑިސެމްބަރު 15, 2018
ރާ އެކަނިތޯ! ހަލާލު ނޫން ކުކުޅުވެސް އަދި މިނޫނަސް ހަރާމް ކޮންމެ އެއްޗެއްވެސް. ކުކުޅު ފާހަގަ ކޮއްލެވުނީ ރާއްޖޭގައި ހަލާލު ޖަހާފަ ހުރި ބައެއް ބްރޭންޑް ބްރެޒިލް ގެ ހަލާލު ސެޓްފިކެޓް އަންގައިދޭ ސައިޓުން ބާތިލް ކިރެވިފައިވާ ކަމަށް ފާހަ ކުރެވޭތީ. ނޫސްވެރިކަމުގެ ވާޖިބް އަދާކޮއް ލުމަށް އެކަން ބައްލަވާލެއްވުން އެދެން