English Edition
Dhivehi Edition
ތުއްތުކުއްޖާ އަށް އެސިޑްގެ ހަމަލާދިން ތިން މީހުން-- ފޮޓޯ: ވެސްޓް މާށިއާ ޕޮލިސް

އިނގިރޭސިވިލާތުގެ ވޮކެސްޓާރގައި ތިން އަހަރުގެ ކުއްޖެއްގެ މޫނަށް ގަސްތުގައި އިއްޔެ ބަޔަކު އެސިޑް ޖެހުމާއި ގުޅިގެން ފުލުހުން އެމީހުން ހޯދަން ކުރި މަސައްކަތުން އެތިންމީހުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި އާއިލާއާއި އެކު ފިހާރައެއްގެ ތެރޭގައި ތިންއަހަރުގެ ފިރިހެންކުއްޖާ ޕުށްޗެއަރ އެއްގައި އިންދައެވެ. އެގައުމުގެ ނޫސްތަކުން ރިޕޯރޓް ކޮށްފައި ވާގޮތުގައި އެކުއްޖާ ގެ ގަޔަށް މި ތިންމީހުން އެސިޑްޖެހުމުން މޫނާއި އަތްވަނީ ފިހިފައެވެ. އަދި ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާއިރު މިކުއްޖާގެ ހާލު މިހާރުދަނީ ރަނގަޅުވަމުން ކަމަށާއި ނަމަވެސް ދާއިމަށް މިކުއްޖައަށް ލިބޭނެ ގެއްލުން އަދި ސާފު ނުވާކަމަށް އެކުއްޖާއަށް ފަރުވާދެމުން ގެންދާ ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ޑިޓެކްޓިވް އިނިސްޕެކްޓަރ ޓޯނީ ގާނަރ ބުނފައިވަނީ ތުއްތުކުއްޖާގަޔަށް އެސިޑްޖެހި ހާދިސާގެ ސީސީޓީވީ ފޫޓޭޖް ލިބުމާއި އެކު ފޫޓޭޖް އިންފެންނަ ތިންމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދުނުކަމަށެވެ. އަދި ފުލުހުން އާންމު ކުރި ފޮޓޯގައި ފެންނަ ތިންމީހުން އެރޭގެ ވަގުތެއްގައި ހައްޔަރު ކުރެވުނު ކަނަށާއި ނަމަވެސް އިތުރު މީހަކު ވާކަމަށް ޝައްކުކުރެވޭތީ އެމީހާ ހޯދުމުށް މަންޒަރު ދުށްމީހުންގެ އެހީއަށް އެދިފައި ވާނެކަމަށެވެ.

ޓޯނީ އިތުރަށްބުނެފައިވނަީ މިހާތަނަށް މި ތިންމީހުން މިކުއްޖާއަށް އެސިޑްގެ ހަމަލާދިން ސަބަބެއްއަދި ސާފުނުވާކަމަށެވެ. ނަމަވެސް މިމައްސަލަ ސީރިއަސްމައްސަލަ އެއްގެ ގޮތުގައި ވަރަށް އަވަހަށް ނިންމާ މިމީހުންނަށް ހައްގު އަދަބުދޭނެކަމަށެވެ.

މިހާދިސާގައި ހައްޔަރުކޮށްފައިވަނީ އުމުރުން22،25،26 އަހަރުގެ ތިން ފިރިހެނުންނެވެ، އަދި ހޯދަމުންދަނީ އުމުރުން 39 އަހަރުގެ މީހެކެވެ