English Edition
Dhivehi Edition

މާދަމާއިން ފެށިގެން އައްޑޫސިޓީގެ އަވަށްތަކުން ކަރަންޓު ނުދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މިހާރުވެސް ކަރަންޓް ދަނީ ނޫންކަމަށެވެ. “ލޯޑު ބޮޑުވާތީ އަޅުގަނޑުމެން ކަރަންޓު ކަނޑައިލަނީ. ކަރަންޓް ދަނީއެއްނޫން. ހެނދުނު ދިހައަކާއި ރޭގަނޑު 11 އާ ދޭތެރޭގައި ކަރަންޓު ކަނޑާ ގޮތަށް އޮންނާނީ. އެ ދޭތެރޭގައި ކަރަންޓު ކަނޑަނީ ލޯޑު ނުހިފަހައްޓާތީ،” ޝަރީފް ވިދާޅުވިއެވެ. ކަރަންޓް ކަނޑާލަނީ މިހާރު ބޭނުންކުރާ ޖަނަރޭޓަރުތަކުގެ ކެޕެސީޓީ ދަށް ކަމުންނެވެ.

އޭނާ ވިދާޅުވީ ރޭ އައްޑުއަށް ގެނައި ދެ ޖަނަރޭޓަރުން ޚިދުމަތް ދޭން ފެށުމުން މާދަމާއިން ފެށިގެން އައްޑޫސިޓީން ކަރަންޓް ނުދާނެ ކަމަށެވެ. “އިރާދަ ކުރެއްވިއްޔާ މާދަމާއިން ފެށިގެން އައްޑޫ ސިޓީގައި ކަރަންޓު ކަނޑާކަށް ނުޖެހެނޭ. ރޭ ގެނައި ޖަނަރޭޓަރުތައް ހިންގަން ފެށުމުން ވަގުތީ ގޮތުން ކަރަންޓުގެ މައްސަލަ ހައްލުވާނެ،” ޝަރީފް ވިދާޅުވިއެވެ.