English Edition
Dhivehi Edition

ޅ. ހިންނަވަރުން ނ. މިލަންދު އަށް ތިން ދިވެހިންނާ އެކު ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަމުން ދާކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ 18 ފޫޓުގެ އަޅިކުލައިގެ ޑިންގީ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުު 11.17ގައި ކަމަށާއި ޑިންގީ ގެއްލުނު އިރު އޭގައި ތިން ދިވެހިންތިބި ކަމަށެވެ.

އެ ޑިންގީ ގެއްލުނުއިރު އޭގަައި ތިބި ތިން މީހުންގެ ތެރެއިން ދެމީހުން ތިބީ ގަމީސް ލައިގެން ކަމަށާއި ދެން އިން މީހާ ހުރީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޑިންގީ ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވާ ސަރަހައްދުން ދަތުރުކުރާ ހުރިހާ މަތިންދާ ބޯޓުތައް އިތުރަށް އެ ސަރަހައްދަށް ސަމާލުކަށް ދިނުމަށް އެދިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި ޑިންގީގެ އެއްވެސް ހަބަރެއް ލިބިއްޖެ ނަމަ އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.