English Edition
Dhivehi Edition

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ، “ޔުނިވަރސިޓީ އޮފް ޑާކާ” ގެ ޑެންޓަލް ކޮލެޖްތަކުން ފަޚުރުވެރި 1 ވަނަ އައްޑޫސިޓީ ގެ ކުއްޖަކު ހޯދައިފިއެވެ.

ޑާކާ ޔުނިވަރސިޓީގެ ދަށުން ހިންގަމުން އަންނަ ޑެންޓަލް ކޮލެޖްތަކުގެ ދަރިވަރުންގެ އެންމެ ފަހު އިމްތިހާނުން ފަޚުރުވެރި 1 ވަނަ ހޯދާފައިވަނީ އަޕްޑޭޓް ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލް ގައި ކިޔަވަމުން އަންނަ، ސ. ހިތަދޫ މެހެފިލް ޑރ. ފާތިމަތު އަތުފާއެވެ. ޑރ އަތުފާ މި ނަތީޖާ ހޯދާފައިވަނީ ޑާކާގެ 22 ޑެންޓަލް ކޮލެޖެއްގެ ދަރިވަރުންނާއި އެއްކޮށް ހެދި އިމްތިހާނަކުންނެވެ. މި އިމްތިހާނުން ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލުން ދެން ބައިވެރިވި އިތުރު ކުއްޖަކަށް 6 ވަނަ ލިބިފައިވާއިރު އިތުރު އެހެން ކުއްޖަކު ވަނީ 10 ވަނައިގައި ހިމެނިފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ފައިނަލް ބީޑިީއެސް ޕްރޮފެޝަނަލް އެގްޒަމިނޭޝަނުގައި ބައިވެރިވެ އެއްވަނަ ހޯދި ޑރ އަތުފާ އަޕްޑޭޓް ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ކިޔަވަން ފަށާފައިވަނީ 2017 ވަނަ އަހަރުގައެވެ. އެ ކޮލެޖްގައި މިހާރުވެސް ދިވެހި 4 ދަރިވަރަކު ކިޔަވަމުން އަންނައިރު ބަގްލަދޭޝް ފާހަގަކޮށްލެވެނީ މެޑިސިން ހަދާ ރާއްޖޭގެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ގައުމެއްގެ ގޮތުގައެވެ. އަދި އެހެން ގައުމުތަކުން މެޑިސިން ހަދާ ދިވެހި ގިނަ ދަރިވަރުން އިންޓަރންޝިޕް ފުރިހަމަ ކުރުމަށް ވެސް ބަންގްލަދޭޝް އަށް ދާކަން ފާހަގަކޮށްލެވެއެވެ.