English Edition
Dhivehi Edition
ފްލޯޓިން ސިޓީގެ ކުރެހުމެއް

ރާއްޖޭގައި ތަރައްގީ ކުރާ ފްލޯޓިން ސިޓީގެ ފުރަތަމަ އިމާރާތްތައް ބިނާ ކުރުމަށް ރާއްޖޭގެ ބައިސަން ކުންފުންޏާ ހަވާލުކޮށްފިއެވެ.

ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން ރާއްޖޭގައި ތަރައްގީ ކުރާ ފްލޯޓިން ސިޓީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ، ފްލޯޓިން ސިޓީ ބިނާ ކުރަނީ މާލެއިން ފުރައިގެން ފަސް މިނެޓުން ދެވޭ ފަޅެއްގައެވެ. މުޅިއެކު 5000ގެ އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވަނީ ދެ ބުރިއަށެވެ.

ބައިސަން ކުންފުނިން ބުނީ ފްލޯޓިން ސިޓީގެ އިމާރާތްތައް ހުންނާނީ އެއް އިމާރާތް އަނެއް އިމާރާތާ ގުޅިފައި ކަމަށެވެ. އަދި ރީތި ޑިޒައިންތަކަށް ތައްޔާރުކުރާ މި ހުރިހާ އިމާރާތްތައް ހުންނާނީ ފަޅުގެ އަޑިން ބިމުގައި ހަރުކުރެވިފައިކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

އިތުރަށް ބައިސަން އިން ބުނީ މި މަޝްރޫއުގެ ފުރަތަމަ ގެތައް ނިމޭނީ ރޯދައިގެ ފަހުން ކަަމަށާއި، މި އިމާރާތްތައް ނިމުމާއެކު އާންމުންނަށް ދައްކާލާނެކަމަށެވެ.