English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ދިވެހީން ސްރީލަންކާއަށް ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 31 ޖެނުއަރީ 2021 އިން ފެށިގެން ރާއްޖެއިން ލަންކާއަށް ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން ބުނީ، ލަންކާއަށް ދަތުރު ކުރާ ފަރާތްތަކުން ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި ސައްޙަ ވިސާއެއް ނެތި އަދި ޓޫރިސްޓް ރޫޓުން ނޫން ގޮތަކަށް ސްރީލަންކާއަށް ދަތުރު ކުރެވޭނީ އެގައުމުގެ އިމިގްރޭޝަނުން ދަތުރުކުރުމުގެ ހުއްދައެއް (ލޭންޑިން ޕާރމިޓެއް) ނަގައިގެން ކަމަށެވެ.

އަދި، ދަތުރުކުރުމުގެ ކުރީން 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ވެސް ގެންދަންޖެހޭނެ ކަމަށާއި، ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ވެކްސިނޭޝަން ކާޑުގެ އަސްލުގެންދަން ޖެހޭނެއެވެ.

ލަންކާއަށް ދަތުރުކުރެވޭނީ ޔޫ.އެސް ޑޮލަރުގެ 50،000 ގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިންޝުއަރެންސްގައި ކޮވިޑްއަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާ ކުރަން ޖެހިއްޖެ ކަމުގައިވާނަމަ އެކަން ވެސް ކަވަރ ކުރަންވާނެ ކަމަށާއި، މިއިންޝުއަރެންސުން ސްރީލަންކާގައި މަޑުކުރާ މުއްދަތުގެ އިތުރުން 14 ދުވަސް އިތުރަށް ހިމަނަންވާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. ޓްރެވެލް އިންޝުއަރެންސް https://portal.pionline.lk/covidinsurance/ މި ވެބްސައިޓުން ހެއްދޭނެއެވެ.

މީގެއިތުރުން، ލަންކާ އަށް ދަތުރުކުރާ އެންމެންވެސް ފުރުމުގެ ކުރީން ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ “ހެލްތު ޑިކްލަރޭޝަން ފޯމް” ފުރިހަމަކުރުމަށްފަހު ކިޔު.އާރް ކޯޑު ހޯދައި ކިޔު.އާރް ކޯޑު އެއާރޕޯޓުން ބޭނުންވެއްޖެ ހާލަތެއްގައި ދައްކަވަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތު ޑިކްލަރޭޝަން ފޯމު ފުރައި ކިޔު.އާރު ކޯޑު https://airport.lk/health/index މި ވެބްސައިޓުން ހޯދޭނެއެވެ.