English Edition
Dhivehi Edition

އައްޑޫ ސިޓީ ގަމުގައި ހުންނަ ސްރީލަންކަން އެއަރ ލައިންސް ގެ އޮފީސް ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.

އޭސް އޭވިއޭޝަން ސަރވިސަސް މޯލްޑިވްސް އިން ނެރެފައިވާ ނޯޓިސްއެއްގައި ބުނެފައިވަނީ އަންނަ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އެ އޮފީހުން ދެމެންގެންދާ ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށެވެ. އެއީ ހަލ؛ުވިކަމާއެކު މިހާރު އަނެއްކާ ވެސް ކޮވިޑު ފެތުރެމުންދާތީ އެންމެހައި ރައްޔިތުންނާއި ޚިދުމަތްދޭން ތިބި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް ބުނެފައިވެއެވެ.

އެ އޮފީސް ވަގުތީގޮތުން ބަންދުކުރި ނަމަވެސް އޮންލައިންކޮށް ހުރިހައި ޚިދުމަތެއް ހޯދޭނެ ކަމަށާއި 7978966 ނަމްބަރުން ވައިބަރ، ވަޓްސްއެޕް މެދުވެރިކޮށް ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭނޭ ކަމަށް ވެސް އެ ނޯޓިސް ގައި ވަނީ ބުނެފައެވެ. އަދި ފައިސާ ދެއްކުމުގައި ވެސް އޮންލައިން ޚިދުމަތް ބޭނުން ކުރުމަށް ވަނީ އެދިފައެވެ.