English Edition
Dhivehi Edition
ފޮޓޯ: އާރްޑީސީ

ގއ. ކޮލަމާފުށި މަގުތަކުގެ ސާރވޭގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

އެ ކުންފުނިން ބުނީ އެރަށު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތަރައްޤީކުރާ މަގުތަކުގެ ސަރވޭގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަކީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެއީ 85 މިލިއަން ރުފިޔާއަށެވެ.

ކޮލަމާފުށީގެ މަގުތަކުގައި ތާރުއެޅުމުގެ އެ މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ނިންމާފައިވާ އިރު، އެރަށުގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތް ވެސް އާރުޑީސީން ކުރުމަށް ވަނީ ނިންމާފައެވެ.

ގއ. އަތޮޅު އަދި ހުވަދު އަތޮޅުގެވެސް އެންމެ އުތުރަށް އޮންނަ ކޮލަމާފުށީގެ އާބާދީއަކީ ގާތްގަޑަކަށް 1،600 އެވެ.