English Edition
Dhivehi Edition

ލޯންޗެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ކޯޕްރަލް މުހައްމަދު ސުމައިދް ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރު ބޭނުންކޮށްގެން ފަށައިފިއެވެ. ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު ސުމައިދު، އާބިން، ހިތަދޫ، ހޯދުމުގެ މަސައްކަތް ރޭއްސުރެން ކުރަމުން ދާއިރު ، ފަތާފައި ގޮސް ކައިރީގައި އޮތް ފަޅުރަށަކަށް އަރައިގެން ސަލާމަތްވީ ފޭދުއަށް ނިސްބަތްވާ ހުސެއިން ސައީދު އާއި އަހުމަދު ނާއިފެވެ. މިއަދު ހެނދުނު 7:30 އިން ފެށިގެން އެމްއެންޑިއެފްގެ ހެލިކޮޕްޓަރުގައި އޭނާ ހޯދުމުގައި ހަރަކާތްތެރިވަމުންދާއިރު ކޯސްޓްގާޑްގެ ޑައިވިން ޓީމާއި ކޯސްޓްގާޑްގެ ހާބާ ކްރާފްޓް 108 އަދި ހަކުރާ ލޯންޗް ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މަހަށް ނިކުމެ އުޅުނު ލޯންޗު ސ. ގަން ކަނޑުތެރެއަށް ބަންޑުންޖަހާލާފައިވަނީ ރޭ 8:30 ހާއިރު އެވެ. އައްޑޫ ގަން ކަނޑަށް ލޯންޗް ބަންޑުން ޖަހާލީ ފަހަތުން ނެގި ބޮޑު ރާޅެއްގައި ކަމަށް، ސަލާމަތްވި އެކަކު ވަނީ ބުނެފައެވެ.