English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ސައުތެމްޕްޓަން އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.

ސައުތުހެމްޓަން އާއި ދެކޮޅަށް ސިޓީން ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސައުތެމްޕްޓަނުންނެވެ. މި ލަނޑު ސައުތެމްޕްޓަނުން ޖެހީ އުފެއްދި ކައުންޓާ އެޓޭކް ފުރުސަތެއްގައި ނެތަން ރެޑްމޮންޑްގެ އެހީތެރިކަމާއި އެކު ކައިލް ވޯކާ ޕީޓާސްއެވެ.

މި ލަނޑަށްފަު ސިޓީން އިތުރަށް ކުޅުން ވަރުގަދަ ކުރިއިރު، އެޓީމުން ވަނީ ސައުތެމްޕްޓަންގެ ގޯލު ފޫއަޅުވާލަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޑިފެންސް ކޮށްގެން ކުޅެމުން ދިޔަ ސައިތެމްޕްޓަންގެ ގޯލުު ފޫއަޅުވާލަން ސިޓީއަށް ވީ ވަރަށް އުނދަގޫ ކަމަށެވެ.

ސައުތެމްޕްޓަން ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފަށް ކުޅެން ނުކުމެ ސިޓީން މެޗުގެ ނަތީޖާ ނެރެން ކުރަމުން ދިޔަ މަސައްކަތައް ކުޑަވެސް ބަދަލެއް ނާދެއެވެ. އެޓީމުން ދިޔައީ ރަނގަޅަށް ކުޅެ ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން ޑިބްރޭނާ ގޯލުކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލަށް ވައްދާލައި އެމެރިކް ލަޕޯޓެވެ.

މި ލަނޑަށް ފަހުވެސް ސިޓީން ދިޔައީ މެޗުން މޮޅުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް ސިޓީއަށް އެމީހުންގެ މަޤުސަދު ހާސިލެއް ނުކުރެވުނެވެ. މެޗު ނިންމާލަން ޖެހުނީ އެއްވަރެއްގައި އޮވެގެންނެވެ.

ރޭގެ މި މެޗުން އެއްވަރުވެ ސިޓީ އެއްވަނައިގައި އޮތީ 23 މެޗުން 57 ޕޮއިންޓާ އެކުގައެވެ. ސައުތެމްޕްޓަން އޮތީ ކުޅުނު 22 މެޗުން ލިބުނު 25 ޕޮއިންޓާއި އެކު 12 ވަނާގައެވެ.