English Edition
Dhivehi Edition
  1. މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރ ޕޯލް ޕޮގްބާ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅެން ވޭނުންވާ ކަމަށް އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި މިފަހަރުގެ ސީޒަނަށް ފަހުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕޮގްބާ ޔުނައިޓެޑް ދޫކޮށް ރެއާލް އަށް ބަދަލުވާން ބޭނުން ކަމަށް ކުލަބަށް މިހާރު ވަނީ އަންގާފައެވެ. އަދި ދެން އިތުރަށް ޔުަނައިޓެޑްގެ އެއްބަސްވުން ޕޮގްބާ އާ ނުކުރާނެ ކަމަށް ވެސް ރިޕޯޓް ތަކުގައި ބުނެފައިވެއެވެ.

ޕޮގްބާގެ އެއްބަސްވުން އާކުރަން މީގެ ކުރިން ޔުނައިޓެޑުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ޕޮގްބާގެ އެއްބަސްވުން އާކުރުމުގެ ވާހަކަތައް ޔުނައިޓެޑުން މަޑު ޖައްސާލާފައިވާ ކަމަށާއި މިހާރުގެ ހާލަތައް ބަލާއިރު، އެއީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށްވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. މިފަހަރުގެ ސީޒަނަށް ފަހު ޔުނައިޓެޑުންް ޕޮގްބާ ދޫކޮށްލާނެ ކަމަށް ވެސް މިހާރު ބެލެވޭއިރު، އަންނަ ސީޒަނުގައި އޭނާގެ ބަދަލުގައި މިޑްފީލްޑް ވަރުގަދަ ކުރުމުގެ ޕްލޭންތަކެއް ވެސް ޔުނައިޓެޑުން ހަދަމުންކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޕޮގްބާ އަކީ އަދިވެސް ޔުނައިޓެޑުން ބަހައްޓަން ބޭނުން ވާ ކުޅުންތެރިއް ކަމަށާއި އޭނާ އަކީ ޔުނައިޓެޑް ގެ ކޯޗު ރަލްފް ރަންގްނިކް ވެސް ހިތްހަމަ ޖެހޭ ކުޅުންތެރި އެއް ކަމަށް ވެސް ބުނެފައިވެއެވެ.

ޕޮގްބާ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުން ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް ރަސްމީ ސިފައެއްގައި ރެއާލުން އޭނާ ހޯދަން މައްސަތް ނުކުރާ ކަމަށްވެސް ރުޕޯޓުތައް ބުނެއެވެ. މިހާރު ކުރިޔައްދާ ސީޒަނަށް ފަހު ޕޮގްބާ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ޕޮގްބާ ފަހަކަށް އައިސް ގިނަ ދުވަސްތަކެއް ހޭދަކުރަމުން ދަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.