English Edition
Dhivehi Edition

ކެމަރޫންގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގޭބޮން ގައުމީ ޓީމުގައި ހިމެނޭ އާސެނަލްގެ އިތުބާރު ފޯވާޑް ޕިއެރޭ އެމެރިކް އޮބަމަޔަން އަށް ހިތުގެ މައްސަލަ ކުރިމަތިވެ ބުމާރާތް ނިންމާލަން ޖެހިއްޖެއެވެ.

އާސެނަލައަށް ކުޅެމުން އަން އުމުރުން 32 އަހަރުގެ ގޭބޮން ފޯވާޑް އަށް ހިތުގެ މައްސަލައެއް ކުރިމަތިވެފައިވާ ކަން ގޭބޮން ގައުމީޓީމުން ކަށަވަރު ކޮށްދީފައިވާއިރު، އެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮބަމަޔަން އަށް ހިތުގެ މައްސަލަ ކުރިމަތިވެ މުބާރާތުގައި ކުޅެވޭ ގޮތް ނުވުމުން މިހާރު އެނބުރި އިނގިރޭސި ވިލާތައް ގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ހިތުގެ މައްސަލަ ކުރިމަތިވެފައި ވާކަން އެނގުނީ ކޮވިޑް-19 އަށް ފައްސިވެ އައިސޮލޭޝަންގައި ހުރުމަށްފަހު ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް)ގެ މެޑިކަލް އޮފިޝަލުން ހެދި މެޑިކަލް ޓެސްޓުތަކަކުންނެވެ.

އޮބަމަޔަންގް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މެޑިކަލް އޮފިޝަލުންހެ ޓީމުންް ވަރަށް ގާތުން އޭނާގެ ހާލު ބަލަމުން ގެންދިޔައެވެ. އެގޮތުން އިތުރު ޓެސްޓުތަކެއް ވެސް ވަނީ ހަދާފައެވެ. މި ޓެސްޓުތަކަށް ފަހުވެސް އޮބަމަޔަންގެ ހިތުގެ ހާލަތު ގޯސްކަމަށް ވަނީ ދައްކާފައެވެ. މުބާރާތުގެ އުސޫލު ބުނާ ގޮތުން ހިތުގެ އެއްވެސް މައްސަލައެއް ހުރިނަމަ މުބާރާތުގައި ނުކުޅެވޭނެއެވެ.

އޮބަމަޔަންގެ އިތުރުން ގޭބޮން ގައުމީތީމުގެ އެހެން ކުޅުންތެރިއަކަށް ވެސް ވަނީ މި މައްސަލަ ކުރިމަތިވެފައެވެ. އެއީ އެޓީމުގެ މިޑްފީލްޑަރު މާރިއޯ ލެމިނާއަށެވެ. މި ދެކުޅުންތެރިން ވެސް މިހާރު ވަނީ އެނބުރި ކުލަބާއި ގުޅިފައެވެ. ލެމިނާ އަކީ ފްރާންސްގެ ނީސްއަށް ކުޅޭ ކުޅުންތެރިއެކެވެ.

މި ދެކުޅުންތެރިން ވެސް އެނބުރި ކުލަބާއި ގުޅިގައިވާއިރު، ކުލަބުން ވެސް މި ދެ ކުޅުންތެރިންގެ ހިތުގެ އިތުރު މެޑިކަލް ޓެސްޓުތަކެއް ހަދާނެއެވެ. އަދި މި ޓެސްޓުތަކަށް ފަހުގައި ނޫނީ މި ދެކުޅުންތެރިންނަށް ކުލަބުގައިވެސް މެޗެއް ނުކުޅެވޭނެއެވެ.