English Edition
Dhivehi Edition

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކޮލޯން އާއި ދެކޮޅަށް ބަޔާން މިޔުނިކް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފިއެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗު ބަޔާާން މިއުނިކް ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބަޔާންއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ ތޯމާސް މުލާގެ އެހީތެރިކަމާއި އެކު ބަޔާންއަށް ފުރަތަމަ ލަނޑު ޖަހައިދީ މެޗުގެ ޅީޑު އެޓީމަށް ނަގައިދީފައެވެ. ބަޔާން އިން މެޗުގެ ޅީޑު ފުޅާކުރި މެޗުގެ 25 ވަނަ މިނެޓުގައި ޓޮލީސޯ ކާމިޔާބު ކޮށް ދިން ލަނޑުންނެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނަޔާންއިން ނިންމާލިއިރު، ބަޔާންއިން މެޗުގައި ޖެހި ތިން ވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މި މެޗުގައި ބަޔާންއަށް ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ލެވެންޑޯސްކީއެވެ. ބަޔާންގެ ހަތަރު ވަނަ ލަނޑުވެސް މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ވެސް ލެވެންޑޯސްކީއެވެ. މި ލަނޑާއި އެކު އޭނާ މި މެޗުގައި ހެޓްރިކް ފުރިހަމަ ކުރިއިރު، މި މެޗުގައި ޖެހި ތިން ލަނޑާއި އެކު ލެވެންޑޯސްކީ ލީގުގައި ޖެހި ލަނޑުތަކުގެ އަދަދު ވަނީ 300 އަށް އަރާފައެވެ.

ރޭގެ މި މޮޅާއެކު ބަޔާން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 19 މެޗުން ލިބުނު 46 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑް އޮތީ 19 މެޗުން 40 ޕޮއިންޓާއެކު އެވެ.