އެމެރިކާގެ މޭޖާލީގުގެ ނިއުޔޯކް ސިޓީއަށް ކުޅޭ އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދުރޭ ޕިރްލޯ މިސީޒަންގައި ނިއުޔޯކް ސިޓީ އާއި އެކީ ހަދާފައިވާ އެއްބަސް ވުން ހަމަވުން ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.
އޭސީ މިލާން، ޔުވެންޓަސް އަދި އިޓަލީގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ކުޅެފައިވާ 38 އަހަރުގެ ޕިރްލޯ ވަނީ އިޓަލީ ގައުމީ ޓީމުން 2006 ވަނަ އަހަރު ފްރާންސް ބަލިކޮށް ވޯލްޑް ކަޕް އުފުލާލުމުގައި އިސްދައުރެއް އަދާކޮށްފައެވެ.އަދި ހަމަ އެހެންމެ ޕްރިލޯ ވަނީ ކުލަބް ލެވެލްގައި ވެސް ގިނަ ކާމިޔާބީތަށް ހޯދާއިފައެވެ.މި ގޮތުން އޭނާ ވަނީ ދެ ފަހަރަށް އިޓަލީ ލީގު ކާމިޔާބުކޮށް ދެ ފަހަރަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.
އެމެރިކާގެ ނިއުޔޯކް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދުރޭ ޕިރްލޯ ނިންމައިފިއެވެ.
މި އަހަރު ނިމުމާއެކު ނިއުޔޯކް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު ޕިރްލޯ ވަނީ މިސީޒަނުގައި މޭޖާ ލީގު ސޮކާގައި މިއުޔޯކްއަށް 15 މެޗު ކުޅެދީފައެވެ.
ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ޕިރްލޯ ބުނީ މިހާރު ކުޅުން ހުއްޓާލާ އުމުރު ޖެހިއްޖެ ކަމަށާއި 50 އަހަރު ވަންދެން ފުޓުބޯޅަ ކުޅުމަކީ ނުވާނެ ކަމެއް ކަމަށެވެ. އަދި މި އަހަރު ނިމުމާއެކު ނިއުޔޯކް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުން ކުޅުން ހުއްޓާލައި ކޮންމެވެސް އެހެން ކަމެއް ކުރަން ވިސްނާ ކަމަށް ވެސް އޭނާ ބުންޏެވެ.