English Edition
Dhivehi Edition

ޓީވީ ޑްރާމާ ‘ޗެހެރާ’ އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މޯހިތް ރައިނާ ކައިވެނިކޮށްފިއެވެ.

އަބަދުވެސް މީޑިއާ އާއި ވަރަށް ދުރުގައި އުޅެމުންދާ މޯހިތްގެ ކައިވެނީގެ ހަބަރާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިފައިވާއިރު، މިކަން އިއުލާންކޮށްފައިވަނީ މޯހިތް އަމިއްލައަށެވެ. ‘ވަރަށް ސިއްރު’ ގޮތަކަށް މޯހިތް ކުރި ކައިވެނީގެ އެއްވެސް ވާހަކައެއް މީގެ ކުރިން މީޑީއާގައި ތިލަވެފައިނުވާއިރު، އޭނާ ވަނީ ކައިވެނީގެ ފޮޓޯ އާއި އެކު ޕޯސްޓެއްކޮށްފައެވެ. މޯހިތްގެ ޕޯސްޓުގައި ވަނީ އޭނާގެ ކައިވެންޏަށް ހުރިހާ އެންމެންގެ ހެޔޮ ދުއާތައް ބޭނުންވާކަމަށް ބުނެފައެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން ފާއިތުވި 2021 ވަނަ އަހަރު ގިނަ ތަރިންތަކެއް ކައިވެނިކޮށްފައިވާއިރު މިއީ 2022 ވަނަ އަހަރު ބޮލީވުޑްގެ ފުރަތަމަ ކައިވެންޏެވެ.

2004 ވަނަ އަހަރު ޓީވީ އިންޑަސްޓްރީއަށް ތައާރަފްވި މޯހިތް ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައިވެސް ފެނިގެން ގޮސްފައެވެ، މި ގޮތުން އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި ޑޯން މުއްތު ސުވާމީ އާއިއުރީ: ދަ ސާޖިކަލް ސްޓްރައިކް ހިމެނެއެވެ.