English Edition
Dhivehi Edition

އަންހެނުންގެ ޙައްޤުތައް ކުރިއަރުވާތީ އަންހެނުން އުފާކުރެއެވެ. ޙައްޤުތައް ދިފާޢުކުރަން ޙަރަކާތްތެރިވާ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުން އަންހެނުންގެ ކުރިއެރުމަށް މާބޮޑަށް މަސައްކަތް ކުރާތީކަން ވެސް ކަންނޭނގެއެވެ. މިހާރަކަށް އައިސް ޓޮޕްޓެން ޖަލްސާތަކާއި ސްކޫލްތަކުގެ ޕްރިފެކްޓުންގެ ލިސްޓުގައި ގިނައީ އަންހެންކުދިންނެވެ.ފިރިންނަށް އަނިޔާކުރާ އަނބިންނަށްވުރެ އަނބިންނަށް އަނިޔާވެރިވާ ފިރިން ނުވަތަ ފިރިހެނުން ގިނައެވެ.ޖަލުގައިތަކުގައި އަންހެނުން މަދުވެފައި ފިރިހެނުން ގިނަކަމުގައި ދިރާސާތަކުން ދައްކައެވެ.އެހެންވީމާ ފިރިހެނުންގެ ވާހަކަވެސް ދައްކަން އެބަޖެހޭ ނޫންތޯއެވެ.ފިރިހެނުންގެ ޙައްޤު ޙިމާޔަތްކޮށް އެމީހުންގެ ދިފާޢުގައި މަސައްކަތްކުރެވޭނީ އެމީހުންނަކީވެސް ބަލިކަށި ބައެއްކަމާއި އެހީތެރިކަން ބޭނުންވާބައެއްކަން މުޖުތަމަޢަށް ވިސްނިގެންނެވެ.ޚުދު އެމީހުންނަށްވެސް އެކަން ވިސްނިގެންނެވެ. ޤަބޫލުކުރެވިގެންނެވެ. މިމަގަށް ފިކުރުހިންގަމުން މިލިޔުމުގައި ފިރިހެނުންގެ ބަލިކަށިކަން ފާހަގަކުރެވޭ މައިގަނޑު 6 ދާއިރާއަކަށް ބަލާލާފައިވާނެއެވެ.

1.ރުޅިކޮންޓްރޯލް ނުވެ އަނބިންނާ ދަރިންގެ ގައިގާ ތެޅުން

އަނބިންނާއި ދަރިންނަކީ ފިރިހެނުން ނުވަތަ ފިރިމީހާގެ ބަލަހައްޓަންޖެހޭ ބައެކެވެ.ރައްކާތެރިކަން ދޭންޖެހޭ ބައެކެވެ.ޙިމާޔަތާއި ކުލުނާއި ލޯބި ދޭންޖެހޭ ބައެކެވެ.ލޯބި ދިންކަމުގައިވިޔަސް އަނބިމީހާއަށްވެސް ކުށެއް ކުރެވިދާނެއެވެ.ދަރިންނަށްވެސް ކުށެއް ކުރެވިދާނެއެވެ.އޭގެ މާނައަކީ ކުށެއް ކުރެވޭ ވަގުތު އިންތިހާއަށް ރުޅިގަދަ ކުރުމެއް ނޫނެވެ.ރުޅި ކޮންޓްރޯލްކުރަން ޖެހެއެވެ.ރުޅިކޮންޓްރޯލް ނުކުރެވޭނަމަ ބަރުއުފުލުމުގެ މުބާރާތުން އެއްވަނަ ހޯދިއަސް ތިޔައީ ގަދަފަދަ މީހަކަށް ނުވެއެވެ.ރުޅިކޮންޓްރޯލް ކުރާނެ އުކުޅުތައް ނުހޯދާ އަތް އިސްކޮށް އަނބިމީހާ ނުކުޅެދޭމީހަކަށް ހަދާލާ ފިރިހެނުންނަކީ ބަލިކަށި ފިރިހެނުންގެ ލިސްޓުގައި ނަން ލިޔެ ފަރުވާދޭންޖެހޭ މީހުންނެވެ.

2.ޙަލާލުގޮތުގައި ފައިސާ ނުހޯދާ ފިރިހެނުން

ޢާއިލާގެ ޒިއްމާތައް އުފުލަންޖެހޭ ފިރިހެނުން ޢާއިލާ ބަލަހައްޓަން ޖެހެނީ ޙަލާލުގޮތުގައި ހޯދާ ފައިސާއިންނެވެ.އެކަމަކު ބައެއް ފިރިހެނުން ފަސޭހަކޮށް ދިރިއުޅުމުގެ ކުރުމަގު ނުވަތަ ޝޯޓްކަޓް ޚިޔާރުކޮށް ތިމާއަކީ ފައިސާވެރިއެއްކަން ދެއްކުމަށްޓަކައި ފޭރުމާއި ވައްކަންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ފަދަ ވިޔާނުދާ މަސައްކަތް ކުރެއެވެ.އަދި ބައެއް ފިރިހެނުން މޮޅަށް ކިޔަވައިގެން މަތީ ވަޒީފާތަކުގައި ތިބެ ރިޝްވަތުގެ ބޭނުންކުރެއެވެ.އަދި ބައެއް މީހުން ޢިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންލައްވާ ގެދޮރު ޢިމާރާތްކުރުވާ ލާރިކޮޅު ލިބުނީމަ އެމަސައްކަތްކުރި މީހުންނަށް ލާރި ނުދީ އަމިއްލަ ޢާއިލާއަށް އަގުބޮޑެތި މުދާ ގަނެދެއެވެ.ގަދަމީހުންނަކީ ތިމާގެ އަތްމައްޗަށް އަރާ އެހެންމީހުންގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ދޭން ކެރޭފަދަ ސާބިތު މީހުންމެވެ.މިފަދަ ފައިސާއިން ޢާޢިލާއަށް ކާންދޭނީ ފިނޑިންނެވެ.ބަލިކަށި މީހުންނެވެ.ގަދަފަދަ ފިރިހެނުންނަކީ މަދުން ލާރި ލިބުނަސް ޙަލާލު ގޮތުގައި ނޫނީ ފައިސާ ނުހޯދަން ވަރުގަދަޔަށް ޢަޒުމް ކަނޑައަޅައިގެން ތިބޭ މީހުންނެވެ.ނޫނީ ޙަލާލުގޮތުގައި ފައިސާހޯދަން ކިތަންމެ ބުރައެއް އުފުލަންޖެހުނަސް އެކަމަށްވެސް ކެރޭ މީހުންނެވެ.

  1. .މަސްތުވާތަކެއްޗަށް ނޫނެކޭ ބުނަން ނުކެރި ކަކުލުހުޅުން ވާގިދޫވެފައިތިބޭ މީހުން

މަސްތުވާތަކެއްޗަކީ އިތުރު ތަޢާރަފަކަށް ބޭނުންނުވާ ނުބައި ވަބާއެކެވެ.އެކަމަކު މި ވަބާގައި ދިވެހި މުޖުތަމަޢުގެ ބޮޑު އިންސައްތައެއް ޣަރަގުވެފައިއެވެ.ގިނައީ ފިރިހެނުންނެވެ.ފާޅުގައާއި ސިއްރުން މަސްތުވާތަކެތީގެ ބޭނުންކޮށް މަސްތުވެ ކަކުލުހުޅުން ވާގިދޫވެފައި ތިބި ބަލިކަށި ފިރިހެނުން ވަރަށް ގިނައެވެ.ކޮންމެވެސް ކަމަކާ ދެރަވެ މާޔޫސްވެފައިވާ ދަނޑިވަޅެއްގައި،ނުވަތަ އެހެންބޭނުމެއްގައި ނަމަވެސް ދިއްކޮށްލެވޭ “ހަދިޔާ”ގެ ބޭނުން ހިފުމުގެ ކުރީގައި ޖަޒުބާތުގައި ނުޖެހި އެއާ ދެކޮޅަށް ހަނގުރާމަކުރަންޖެހެއެވެ.ގަދަ ފިރިހެނުންނަކީ އެފަދަ ވަގުތުތަކުގައި މަސްތުވެގެން ހޫރެމުންދާ އާރެއް ބާރެއް ނެތް ފިރިހެނަކަށް ނުވެ ސާބިތުކަންމަތީ ތިބެން ދަންނަ ފިރިހެނުންނެވެ.މަސްތުވާތަކެއްޗަށް މަގުފަހިވާ ހުރިހާ ކަމަކަށް “ނޫނެކޭ” ބުނަން ކެރޭ މީހުންނެވެ.

4.އޯގާތެރިކަމާއެކު އެހީތެރިވެދޭ އަނބިމީހާއަށް ތަޢުރީފުގެ ބަހެއް ބުނެލަން ދޫ ޙަރަކާތްކޮށްނުލެވޭ ފިރިހެނުން

ތަޢުރީފުކުރުމާއި އުފާވާކަހަލަ ވާހަކަތައް ދެއްކުމަކީ އެންމެންވެސް ގަޔާވާނެ ކަމެކެވެ. މިކަމަކީ އެއްވެސް މީހަކު ދެބަސް ނުވާނެކަމެކެވެ.ވ ަކިން ޚާއްސަކޮށް ފިރިމީހާގެ ތަޢުރީފުގެ ބަސްތަކާއި ފޮނިލަފުޒުތައް އަޑުއަހަން އަނބިން ތިބޭނީ ކެތްމަދުވެފައެވެ. އެފަދަ ބަސްތަކަށް އިންތިޒާރުކޮށް ފުރާނައިން ޤުރުބާންވާ އަނބިންވެސް ވަރަށް ގިނައެވެ. ރީތިކޮށް އަންނައުނު ދޮވެދީ ކާއެއްޗެހި ތައްޔާރުކޮށްދެއެވެ. އެކަމަކު ބައެއް ފިރިހެނުންނަށް ކެވޭ ހެންވެސް ހީނުވާނެއެވެ.ތުންފިއްތައިގެން އިނދެކައިގެން ތެދުވާއިރު ކެއްކިމީހާގެ މޫނަށް ހަތަރުކަޅި ހަމަކޮށްލަން އިސް އުފުލާލުމުގެ ބާރު ހުންނަ ހެން ހީނުވެއެވެ. އައި.އެން.އެލް.ޕީ ސެންޓަރގެ ކޯ ފައުންޑަރ މައިކް ބަންޑްރޭންޑް(2011) ހާމަކުރައްވާ ގޮތުގައި ބައެއް ފިރިހެނުން ޤަބޫލުކުރާގޮތުގައި ތަޢުރީފު ނުކުރުމަކީ ކައިވެނި ރޫޅި އަނބިމީހާ ގެއްލިދާނެކަމެއް ކަމުގައި ފިރިހެނުން ޤަބޫލު ނުކުރެއެވެ.އެކަމަކު އަނބިންކޮށްދޭ ބުރަ މަސައްކަތް ވަޒަންކުރުމަކީ އުފާވެރި ޙަޔާތަކަށް މުހިއްމު ބައެކެވެ.ދެރަކަމަކީ ބައެއް ފިރިންނަށް މިކަން ނުކުރެވޭކަމެވެ.ތަޢުރީފުކުރުމުގެ ގޮތުން ދޫ ނުވަތަ އަތުން ނުވަތަ ލޮލުންވިޔަސް އިޝާރާތެއްވެސް ކޮށްލެވޭހާ ހަކަތަ ނުލިބޭކަމެކެވެ.އެ ޖޯޝު ނުހުންނަ ކަމެވެ. ދިރާސާތަކުންދައްކާގޮތުގައި ތަޢުރީފުކުރުމުގައި ދޫ ޙަރަކާތް ނުކުރެވޭ ފިރިހެނުންނަކީ ޒަވާޖީޙަޔާތް ދިފާޢުކުރެވޭފަދަ ބާރު ހުންނަ ބައެއް ނޫނެވެ.

  1. ރަޖާގަނޑު އެއްފަރާތްނުކުރެވޭ މީހުން

ނަމާދުވަގުތުވަނުމުން ރަޖާގަނޑު އެއްފަރާތްކޮށް ނަމާދަށް ނުދެވޭ މީހުންނަކީ ޙަޤީގަތުގައި އެންމެ ބަލިކަށި މީހުންނެވެ. އެ ހިތްވަރާއި ކެރުމާއި ބާރާއި ޖޯޝު ނެތުމެވެ. އޭސީ ކޮޓަރީގެ އަރާމު ތަންމަތި ދޫކޮށް ފަތިހުގެ ފިނީގައި ވުޟޫކޮށް ޖަމާޢަތަށް ނަމާދަށް ދެވޭނީ ނިކަން ވަރުގަދަ ފިރިހެނުންނަށެވެ.ނަމާދަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭ އަޅުކަމަކަށްވާއިރު ،މި އަޅުކަމަކީ އެހެން ދާއިރާތަކުންވެސް އިންސާނާ ކާމިޔާބު މީހަކަށްވުމުގެ މައިގަނޑު ސަބަބެވެ.ހިތާމައަކީ ދިވެހި ޤައުމުގެ މެޖޯރިޓީ ފިރިހެނުންގެ ކިބައިން މި ބަލިކަށިކަން ފެންނަކަމެވެ.

މަތީގައި ފާހަގަކޮށްފައިވާ 6 ދާއިރާއަކީ ހަމައެކަނި ފިރިހެނުންގެ ބަލިކަށިކަން ހާމަވާ ދާއިރާތައް އެކަންޏެއް ނޫނެވެ. އެކަމަކު މި ދާއިރާތަކުން ފިރިހެނުން “ގަދަކޮށް ” ވަރުގަދަ ޢަޒުމާއެކު ސާބިތުކަން ދައްކައިދީފިނަމަ މުޅި ޖީލުން އެކަމުގެ ހެޔޮ ބަދަލު ފެނިގެންދާނެއެވެ. އުފާވެރިކަން ފެނިގެންދާނެއެވެ. ޙައްޤުތައް ލިބިގެންދާނެއެވެ. އަންހެނުންނާއި ފިރިހެނުން އެކުގައި ކުރިއަރައިގެންދާނެއެވެ.

 

1 ކޮމެންޓް
ދޫނި
ޖެނުއަރީ 4, 2022
ތާކުން ތާކު ޖެހޭ ލިޔުމެއްނުން. ލިޔުންތެރިޔާ އަކި އަންހެނެއް ކަމަށް ބެލެވެ އަދި ތައުރީފުގެ ބަސްތަކަށް ދެވި ހިފާފައިވާ މީހެއްކަމަށް ބެލެވެ. ކަކުލުހުލުން ވާގި ދޫވެފައިވާ މިހުން އެހެން އެ އުލެނީ އެމިހުންގެ އަމިއްލަ ޒާތުގަގޭ ކަމަކަށް ނުވޭ. ކަކުލު ހުލުން ވާގި ނެތެނީ މަސްތުވާތަކެތި ބެނުން ކުރާތީ. މަސްތުވާތަކެތި ބޭނުންކުރާ މިހުން އެމިހުންގެ އަމިއްލަ ބާރުގައި ބޭނުން ކުރުން ހުއްޓާލެވޭނަމަ ދުނިޔޭގެ އެއްވެސް ތަނެއްގައި ރިހިބިލިޓޭޝަން ސެންޓަރުތައް އަޅައި ބޮޑެތި ޚަރަދު ކުރުމުގެ ބޭނުމެއް ނެތް. އަދި މަސްތުވާތަކެތި އެތެރެ ކޮށް އޭގެ ވިޔަފާރި ކުރާ މީހުންގެ ކަކުލު ހުޅެއްވެސް ލެބިފައެއް ނުހުރޭ. ދެން ތި ބުނެވެނީ ވިއްކާ މިހާ ރަގަޅޭ، ބޯމީހާގެ ވިއްޔާ ހުޅު ލެބިފަ ހުންނަނީ. ވިއްކާ މިހާގެ ފަހަތުގައި ރީތި އަންހެނުން ތިބެނީ އުފަލުން ބޭނުންހާ ކަމެއް ފުދިގެން. ދެން އޮތީ އަބިންނަށް ތައުރީފުކުރުން. އެއްދުވަހު ތައުރީފު ކޮށްފިއްޔާ އެދެނެ ނިމުނީ އުމުރު ދުވަހު ހާލުގައި އުޅެން ޖެހެނީ. ވީމާ ކަންކަން ރަގަޅަށް ދިރާސާ ކުރުމަށް ފަހު ފިރިހެނުންގެ ވާހކަވެސް ދެއްކުން ރަގަޅުވާނެ. ލާރި އޮށް ފިރިހެނެއް ވިއްޔާ ތި މިހުނަށް އޯކޭވާނެ ދުވަހަކު ތައުރީފު ނުކުރިއަސް.