English Edition
Dhivehi Edition

ގދ. ނަޑެއްލާ ސިއްހީ މަރުކަޒުން އިސްނަގައިގެން އެރަށުގައި ގާއިމްކުރެވިފައިވާ ސަރުކާރު މުއައްސަސާތަކާއި އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ބެޑްމިންޓަން މުބާރާތް މާދަމާ ފަށާނެއެވެ.

ރަށުގެ މުއައްސަސާތަކުގެ މެދުގައި އިޖްތިމާއީ ރޫހު އާލާކޮށް، ކަސްރަތާއި ދުޅަހެޔޮކަމަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަގްސަދުގައި ގދ. ނަޑެެއްލާ ސިއްހީ މަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން މުބާރާތް މާދަމާ ފަށާނެ ކަމަށް އެމަރުކަޒުން ވަނީ ހާމަކޮށްފައެވެ. މިމުބާރާތް މިފަހަރު ހާއްސަކޮށްފައި ވަނީ މުއައްސަސާތަކުގެ ފިރިހެން ބޭފުޅުންނަށެވެ.

މިމަހުގެ 06 ވަނަ ދުވަހުން ފެށިގެން 08 ވަނަ ދުވަހުގެ ނިޔަލަށް ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ ގޯތިތެރޭގައި ހަދާފައިވާ ބެޑްމިންޓަން ކޯޓުގައެވެ.