English Edition
Dhivehi Edition

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ދާދި ދެންމެއަކު ވިދާޅުވީ ހެންވޭރުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތެއް މިއަދު މެންދުރުފަހު 2:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 83 އަހަރުގެ ފިރިހެނެއް ކަމަށާއި އަދި އޭނާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަވަނީ މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބައްލަވަމުންނެވެ.