English Edition
Dhivehi Edition

ހުވަދު އަތޮޅުގެ ތިން ރަށެއްގައި ކައުންސިލް އޮފީސް އިމާރާތްކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ކައުންސިލް އިދާރާތަކާއެކު ސޮއިކޮށްފިއެވެ.

އައު ކައުންސިލް އޮފީސް އިމާރާތް ގާއިމުކުރުމަށް އެލް.ޖީ.އޭ އިން މިއަދު ސޮއިކޮށްފައިވާ ގދ އަތޮޅުގެ 3 ރަށުގެ ތެރޭގައި ގދ. ހޯނޑެއްދޫ، ގދ. ވާދޫ އަދި ގދ. ގައްދޫ ހިމެނެއެވެ. މި ތިން ރަށުގެ އިތުރުން ހއ. ހޯރަފުށި، ރ. މަޑުއްވަރީ، އަދި އއ. ފެރިދޫ ގައިވެސް ކައުންސިލް އިދާރާ އެޅުމުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި އެލް.ޖީ.އޭ ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ބައްދަލުވުމެއްގެ ތެރެއިންނެވެ.

އެލް.ޖީ.އޭ ގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުތަކަށް ގދ. ހޯނޑެއްދޫ ކައުންސިލަށް 9,250,000.00 ރުފިޔާ، ގދ. ގައްދޫ ކައުންސިލަށް 6,200,000.00 ރުފިޔާ، އަދި ގދ. ވާދޫ ކައުންސިލަށް 6,750,000.00 ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.