ރާއްޖޭގެ ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވި ރަށުގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އެ ރަށުގެ މީހުންނަކީ ރަމްޟާން މަހު ރޯދަ ހިފާ ބައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ދެކުނަށް ކުރެއްވި ދަތުރެއްގައި ދެކުނުގެ ރަށެށްގެ މީހުންގެ ތެރެއިން %70 ރައްޔިތުން ރޯދަ ނުހިފާކަމަށާއި އާންމު މަހެއް ފަދައިން ކައްކާ ކައިބޮއިހަދާކަން އެނގުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ ރޯދަ މަހުގެ ފުރަތަމަ ދުވަހު އަސްރު ނަމާދަށް ފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝެއިޚް ޢަލީ ޒައިދު ދެއްކެވި ވާހަކައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ވަނީ އިއްޔެ ޝެއިހް ޒައިދު އެ މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ އެ މިނިސްޓްރީން ރައްޖޭގެ %70 މީހުން ރޯދަ ނުހިފާ ރަށެށް އޮށްކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެން ކަމުން އެ މައުލޫމާތަކީ ސައްހަ މައުލޫމާތަކަށްނުވާތީ ރަށުގެ ނަން ހާމަކުރަން ބޭނުންނުވާކަމުގައެވެ. ޝެއިހްގެ ވާހަކައާއި ގުޅިގެން ސޯޝަލް މީޑީއާ ގައި ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ބުނަމުން ދަނީ ރާއްޖޭގެ %70 މީހުންނަކީ ނަމާދުނުކުރާ މީހުންކަން އެގޭ އިރުވެސް އެއްވެސް ފަރާތަކުން އެކަމާ ހިތާމަކޮށްވާހަކަ ނުދެއްކުމަކީ މާ ބޮޑަށް ކަންބޮޑުވާކަމެއް ކަމުގައި ބުނެފައެވެ.