English Edition
Dhivehi Edition

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމް އާއި ތަޖިކިސްތާންގެ 16 އަހަރުން ދަށުގެ ގައުމީ ޓީމް ބައްދަލުކުރި މެޗު ތަޖިކިސްތާނުގެ ޓީމުން ރާއްޖެ ކޮޅަށް 14 ލަނޑު ޖަހައި ރާއްޖެ ލަދު ގަންނަވާލައިފިއެވެ.

އިއްޔެ ތަޖިކިސްތާންގައި ކުޅުނު މިމެޗު ތަޖިކިސްތާނުން ކާމިޔާބުކޮށްފައިވަނީއ 14-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ތަޖިކިސްތާނުން ރާއްޖެ ޒުވާން ޓީމް ބޮޑު ތަފާތަކުން ބަލިކޮށްފައިވާއިރު މި މެޗުގައި ތަޖިކިސްތާންގެ ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ ސޮއިރޯވް ހަތަރު ލަނޑު، އެމޮމާލީ ތިން ލަނޑު އަދި ރަހްމަތޯވްއާއި ޒައިރޯވް މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު ސަންގޯވްއާއި އިބްރާހިމް އަދި ޚަސަނޯވް ވަނީ ކޮންމެ ކުޅުންތެރިޔަކަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވެސް ބޮޑު ތަފާތަކުން އޮމާންއާ ކުޅުނު މެޗުން 8-0 ލަނޑުގެ ނަތީޖާއަކުން ބަލިވެފައެވެ.