English Edition
Dhivehi Edition

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ވާދަކޮށް ރާއްޖޭގެ ބިލިއާޑް ކުޅުންތެރިޔާ އަލީ ފަޔާޒް ގަދަ 16ގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ތުރުކުމެނިސްތާނުގައި ކުރިއަށްދާ އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ފިރިހެނުންގެ 9 ބޯލް ޕޫލްގެ ވާދަކޮށް އަލީ ފަޔާޒް ގަދަ 32ގެ ބުރުން ގަދަ 16އަށް ގޮސްފައިވަނީ ކިރްގިސްތާނު މަޝްހޫރު ބިލިއާޑު ކުޅުންތެރިއެއް ކަމުގައިވާ ސަގީންބައެ ކަނީބެކް 7-9 އަކުން ބަލިކޮށްގެންނެއެވެ.

ފިރިހެނުންގެ 9 ބޯލް ޕޫލް އިވެންޓްގެ ގަދަ 32ގައި ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފް ވަނީ ތައިލެންޑްގެ ވަރުގަދަ ކުޅުންތެރިއެއް ކަމަށްވާ މަކަމޮންޓްރީ ޓަނުޓް ވާދަކޮށް 9-1 ބަލިވެފައެވެ.

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ރާއްޖޭގެ ދެ އަންހެން ބިލިޔާޑް ކުޅުންތެރިން ކަމުގައިވާ އާމިނަތު ފާތީ އާއި އާމިނަތު އަޒްރާ 9 ބޯލް ޕޫލް އިވެންޓުގައި ވާދަކުރާނެއެވެ.