English Edition
Dhivehi Edition

ފަތުރުވެރިއެއްގެ އަތުން 34،00 ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކެބިން ކްރޫއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ ބ. އަތޮޅުގެ ރިޒޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ އެ ފަތުރުވެރިޔާ ދަތުރުކުރި ސީޕްލައިންގެ ކެބިން ކްރޫއެއްގެ އަތުން ފެނުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އިތުރަށް ފުލުހުން ވިދާޅުވީ މި މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރި ކެބިން ކްރޫއަކީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކެބިން ކްރޫއަކީ ޓީއެމްއޭގައި މަސައްކަތް ކުރާ ކްރޫއެކެވެ. އަދި އެ ފަތުރުވެރިޔާއަކީ ލަޑާ ގިރާވަރު ރިސޯޓަށް ދިޔަ ފަތުރުވެރިއެކެވެ.