English Edition
Dhivehi Edition

ގދ. ތިނަދޫ، ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެން ގދ. ކާޑެއްދޫ އެެއަރޕޯރޓް އާރޯ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

ކާޑެއްދޫ އެއަރޕޯރޓް މެނޭޖްމަންޓުން އިސްނަގައިގެން “ކާޑެއްދޫ އެެއަރޕޯރޓް އާރޯކުރުން 2021” ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ޙާއްސަ ހަރަކާތް ކުރިއަށްދިޔައީ މިއަދު ހެނދުނު 08:00 އިން ފެށިގެން 12:00 އަށް ކާޑެއްދޫގައެވެ. ކާޑެއްދޫ އެއަރޕޯރޓަށް އައު ދިރުމެއް ގެނައުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ގދ. ތިނަދޫ، ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާނާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޤްނީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން 12:00 އަށް ކާޑެއްދޫގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ކާޑެއްދޫ އެއަރޕޯޓާއި އެންމެ ކައިރީގައި އޮތް މީހުން ދިރިއުޅޭ ތިން ރަށުގެ މުއައްސަސާ ތަކާއި ޖަމިއްޔާތައް އެއްކޮށް ޖުމްލަ 20 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ކާޑެއްދޫގެ ފިއުލް އޭރިއާ، ކުރީގެ ބަދަރުގެ މަގު އަދި މުވައްޒަފުން ބޭނުންކުރާ ބަނދަރު ސަރަޙައްދުގައި ހުރި ރުއްގަސް ތަކާއި ވިނަތަކުގައި ހުރި ކުނިބުނި ނަގައި ސާފުކުރި މި ހަރަކާތަކީ ކާޑެެއްދޫއަށް އައު ދިރުމެއް އަންނަ ކަމުގެ މަންޒަރުގައި ކުލަ ޖެހިގެން ދިޔަ ހަރަކާތެކެވެ.

ޒިމަމަން ރެސްޓޯރަންޓާއި ހަތާ ފިއުލްސް އަދި ރަފޭލްސް މޯލްޑިވްސް އިން ސްޕޮންސަރ ކޮށްފައިވާ މި ހަރަކާތުގައި ބައިވެރިވި ބޭފުޅުންނަށް ހެނދުނުގެ ނާސްތާއާއި މެންދުރު ކެއުމުގެ އިތުރުން ބޯފެން ކާޑެއްދޫ އެއަރޕޯރޓްގެ ފަރާތުން ވަނީ ފޯރުކޮށްދީފައެވެ. އަދި މޯލްޑިވިއަން އެއަރލައިންގެ ފަރާތުން ބައިވެރިން ބޭނުންކުރަން ތޮފި ހަދިޔާ ކޮށްފައިވެއެވެ.

ޓެގު