English Edition
Dhivehi Edition

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން ކުޅި އަދި ޗަސްބިމުގެ ވަސީލަތްތަކުން މަންފާ ހޯދިދާނެ މަސައްކަތް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް އައްޑޫސިޓިގައި ފަށައިފިއެވެ.

މިޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ ވޯލްޑް ބޭންކުން ފަންޑުކޮށްގެން އީދިގަލި ސަރަހައްދު އީކޯ ޓޫރިޒަމަށް ތަރައްޤީކުރާ މަޝްރޫޢު ވީހާވެސް އަވަހަކަށް ނިމި މިހާރު އެސަރަހައްދުގައި ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ވިޒިޓާރ ސެންޓަރ އެޅުމުގެ މަސައްކަތްވެސް އަވަސް މުއްދަތެއްގައި ނިމިގެންދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިތަމްރީން ޕްރޮގްރާމްގެ ތެރެއިން ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ދަނޑުވެރިކަންކޮށް އާމްދަނީ ހޯދިދާނެ ގޮތްތަކާއި ކުޅި، ފާ ޗަސްބިމުން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދިނުމާއިއެކު އާމްދަނީ ލިބިދެނިވި ގޮތަކަށް ރާވެރިކަން ކުރާނެ ގޮތް އުނގަންނައިދެވޭނެއެވެ.