English Edition
Dhivehi Edition
ފޮޓޯ: މުނިއަވަސް

ޑާކްރެއިން އެންޓަޓެއިންމެންޓްސުގެ ވަރުގަދަ އުފެއްދުމެއް ކަމަށްވާ “ފުރޭތަ” ގެ ޕޯސްޓަރެއް އެ ޕްރޮޑަކްޝަނުން މިއަދު އާއްމު ކޮށްފިއެވެ.

ބަދަލު ހިފުމެއް ދައްކުވައިދޭ ވަރުގަދަ ފީޗާ ފިލްމެއް ކަމަށްވާ “ފުރޭތަ” އަކީ އަޙްމަދު ޠަލާލް (ތޮލް) ލިޔެފައިވާ ސްކްރީން ޕްލޭއަކަށް ، ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިފިލްމުގެ ޑައިރެކްޓަރ އަކީ ޢަލީ ޝިފާޢު (ޗިއްޕެ)އެވެ. މިފިލްމު ރިލީޒް ކުރުމަށް އެންމެ ފުރަތަމަ ނިންމާފަ އޮތީ މިދިޔަ އަހަރު ފެބްރުއަރީމަހު 22 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކޮވިޑްއާއި ގުޅިގެން ބޭރުތެރޭގައި ނަގަންޖެހޭ ބައިތައް ހުރުމުން އަދި ފިލްމުގެ ޝޫޓިންގ ފަށާފައި ނުވާކަމަށާއި ފިލްމުގެ ކާސްޓު ވެސް އެއްކޮށް ފައިނަލްކޮށްފައި ނުވާކަމަށް ފިލްމުގެ ޕްރޮޑިއުސަރ މޮގާ މުނިއަވަސްއަށް މައުލޫމާތް ދީފައިވެއެވެ.

”ފުރޭތަ“ އަކީ ވަރުގަދަ ނަމަކަށް ވާއިރު މިފިލްމުގެ ނަމުންވެސް ގައިން ހީބިހި ނަގަން ފަށާނެއެވެ.

ޑާކް ރެއިން އެންޓަރޓެއިންމެންޓަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ރާއްޖޭގައި އެންމެ ކުރީގައި އޮތް ޕްރޮޑަކްޝަން ހައުސްއެވެ. ފާއިތުވީ އަހަރުގައި ކާމިޔާބު ފިލްމު ތަކެއް ދިވެހިންގެ ތެރެޔަށް ނެރެ، ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފިލްމީ ދާއިރާގައި ދެވަނައެއް ނެތް ޕްރޮޑަކްޝަން ހައުސް އެކެވެ .