English Edition
Dhivehi Edition

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މިއަދު ރިޓެޔާ ކުރައްވައިފި އެވެ.

ފައިރޫޝް ރިޓަޔާވެއްޖެ ކަން ހާމަކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ. ފައިރޫޝް ރިޓަޔާކޮށް އެކަމުގެ ލިޔުން ހަވާލުކުރާ ފޮޓޯއާ އެކު ކޮމިޝަނަރު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފައިރޫޝް ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ފުލުހުންގެ ވަޒީފާއިން ފައިރޫޝް ރިޓަޔާވެފައި މިވަނީ އެ މުއައްސަސާގައި 20 އަހަރު ދުވަހު ގައުމަށް ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ފައިރޫޝްއަށް އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކާއި ގުޅިގެން ގިނަ ތުހުމަތުތަކެއްކޮށްފައިވާއިރު އެ ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

2017 ވަނަ އަހަރު ފައިރޫޝް އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، އޭނާ ވަޒީފާއިން ވަކިކޮށްފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. މިކަމާއި ގުޅިގެން އޭރ އެމްޑީޕީންވަނީ މި ސަރުކާރުގައި އަލުން ފައުރޫޝް ފުލުހުންގެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނުމުން އެކަމަށް ފާޑުކިޔާފައެވެ.