English Edition
Dhivehi Edition

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގެ ޖަލްސާއަށް އަޅުއްވައިގެން ވަޑައިގެންނެވި އައިނުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން މިއަދު ޖާބިރަށް ލިބުނެވެ. މިއައިނާއި މެދު މީހުންގެ ޝައުގުވެރިކަން އިތުރަށް ބޮޑުވެ މަގުބޫލުކަން އިތުރުވެގެން ދިޔައީ އެ އައިނާއި ބެހޭގޮތުން ޖާބިރު މަޖިލީހުގައި މިއަދު ދެއްކެވި ވާހަކައިންނެވެ.

“އަޅުގަނޑު އަޅައިން މިހިރީ ލުއި ވިޓޯން އައިނެއް، މިއީ ނަމްބަރު އައިނެއް. އައިނާއި ނުބެހޭތި!” ޖާބިރު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

ގިނަ ބަޔަކު ބުނަމުން ދިޔައީ އެއީ އޮރިޖިނަލް ލުއި ވިޓޯން އައިނަކަށް ވީ ނަމަވެސް އެއީ ނަމްބަރު އައިނެއް ނޫން ކަމަށެވެ. އަދި އަބަދުވެސް އެކި ސްޓައިލުގައި މަޖިލީހުގެ ޖަލްސާތަކާއި އެކި ހަފްލާތަކުން ފެންނަ ޖާބިރު ލުއި ވިޓޯން އައިނެއް އަޅުއްވައިފާނެތޯ ސުވާލުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށްވެސް އެއްބަޔަކު ދިޔައީ ބުނަމުންނެވެ.

ޖާބިރު މިއަދު އަޅުއްވައިގެން ހުންނެވި އައިނު ބަލާބެލުމަށް ވައްތަރީ ޖާބިރު ވިދާޅުވި ފަދައިން ހަމަ ލުއި ވިޓޯން އައިނަކާއިއެވެ. އެއީ ލުއި ވިޓޯންއިން ފިރިހެނުންނަށް ހާއްސަކޮށް ނެރެފައިވާ އައިނެކެވެ. ‘އެޓިޓިއުޑް ޕިލޮޓް’ ގެ ނަމުން ނަން ދީފައިވާ މި އައިނުގެ ފްރޭމް ހުންނަނީ ދަގަނޑުން ހަދައިފައެވެ. އަދި މި އައިނުގައި ‘ގްރެޖުއޭޓެޑް ލެންސެއް’ އިންނައިރު އެ ލެންސުގެ ސަބަބުން މީހާގެ ލޮލުގެ ފެނުމަށް ބިނާކޮށް އައިނު ހެއްދޭނެއެވެ. އެހެންވީމާ ޖާބިރު ވިދާޅުވިހެން އެ އައިނަކީ ނަންބަރު އައިނަކަށް ވުން ވަރަށް ގާތެވެ.

މި އައިނުގެ އިތުރު ސިފަތަކަށް ބަލާލާއިރު އައިނުގެ ކަނާތު ލޮލަށް ލުއި ވިޓޯން ލޯގޯ ‘އެންގްރޭވް’ ކޮށް އަރުވައިފައިވާއިރު އައިނުގެ ލޯގަނޑު ހަދާފައި ހުންނަ ގޮތުން މީހާގެ ލޮލަށް އިރުގެ އަލިން އަސަރުކުރާ މިންވަރުވެސް ކުޑަކޮށްދެއެވެ. އަދި އިރުގެ އަލީގެ ސަބަބުން ލޮލަށް ‘އަލްޓްރާ ވައިލެޓް ރޭޑިއޭޝަން’ގެ އަސަރުކުރާ މިންވަރު ކުޑަ ކުރުމަށްވެސް މި އައިނުގައި ހާއްސަ ސިފަތަކެއް އެކުލެވިގެންވެއެވެ.

ދެން މިއޮތީ ބޮޑު ސުވާލެވެ. މިއައިނުގެ އަސްލު އަގަކީ ކިހާވަރެއްތޯއެވެ. ލުއި ވިޓޯންގެ ވެބްސައިޓުން ދައްކާ ގޮތުން މި އައިނުގެ އަގަކީ ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ޔޫރޯއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ އަށް މިލިއަން ފަސްދޮޅަސް ހަ ލައްކަ ތިން ހާސް ހަތަރު ސަތޭކަ ސާޅީސް ހަތް ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ހައުސިން އެލަވަންސަށް 20،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސަށް 20،000 ރުފިޔާ ލިބެއެވެ. އެއީ މަހެއްގެ މައްޗަށް ޖުމްލަ 82،000ރ. އެވެ. މަޖިލީހުން ލިބޭ މުސާރައިން އެކަނި ނަމަ ޖާބިރު އަށް އެ އައިނު ބެއްލެވޭނީ 105 މަސް ދުވަހުގެ މުސާރައިންނެވެ. އެއީ 8 އަހަރާއި 8 މަހެވެ. އެހެން ނަމަވެސް ޖާބިރު އަކީ މަޖިލީހުގެ ބޭރުން އާމްދަނީ ލިބޭނެ އެކި ވިޔަފާރިތައް ހިންގަމުން އަންނަ މީހެއްކަން ހުރިހާ ދިވެހީންވެސް ދަނެއެވެ. ވީމާ ޖާބިރު މިފަދަ އައިނެއް އެޅުއްވުމުން ހައިރާންވާންވީ އެއްވެސް ސަބަބެއްވެސް ނެތްތާއެވެ.

7 ކޮމެންޓް
ހާލަތު
ނޮވެމްބަރު 25, 2020
ތި ލާރި ސަދަގާތް ކުރިނަމަ ކިހާ ރަގަޅު
އާދަނު
ނޮވެމްބަރު 24, 2020
ތި އައިނު އެޅާއިގެން އިނުމަށް ވުރެއް ރަނގަޅު ނިކަމެތިންނަށް އެހީވިޔަސް ކޯވިޑް ގުޅިގެން ރާއްޖެއަށް އެހީވިނަމަ ނުވަތަ ކޭބަލް ކާރުގެ ކޭބަލް ގަތަސް
Hhha
ނޮވެމްބަރު 24, 2020
Rayyithunge laari Resort kunfuni dhavaalaigen mussamdhivefa
Luis vuitton
ނޮވެމްބަރު 24, 2020
Thi ainu borrow kollan libidhaanetho??
Ibrahim
ނޮވެމްބަރު 24, 2020
Thy fake eh price akee 650$.
އެޑަމް
ނޮވެމްބަރު 24, 2020
މި އާޓިކަލްގެ މަޢުލޫމާތު ސައްޚައެއް ނޫން
ޔޫސޭ
ނޮވެމްބަރު 24, 2020
ޖާބެ އަސް ދަ މޭން