މެލޭޝިޔާގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު 2 ދިވެއްސަކު ހައްޔަރުކޮށްފިކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބުކޮށްލައި، އެ ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކާއެކު ދެ ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ.
މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިންގެ އުމުރަކީ 29 އަހަރާއި 33 އަހަރެވެ. އެ މީހުންގެ އިތުރު ތަފްސީލެއް މެލޭޝިއާގެ ފުލުހުން ހާމައެއް ނުކުރެ އެވެ.
މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ ދިވެހިންނާއެކު 19 މީހަކު ހައްޔަރުކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިރާގާއި ފަލަސްތީނާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ފިލިޕީންސްގެ އިތުރުން ބަންގުލަދޭޝްގެ މީހުން ހިމެނެ އެވެ. މެލޭޝިޔާގެ ނޫހެއް ކަމަށްވާ “ދަ ސްޓްރެއިޓް ޓައިމްސް” އިން ހާމަކުރާގޮތުގައި ހައްޔަރުކުރި އެންމެންނަކީވެސް އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި މީހުންނެވެ.
.