English Edition
Dhivehi Edition

ޔުރޮޕާ ލީގު ފުޓްބޯޅަ މުބާރާތުގައި މިދިޔަ އަހަރު އަނިޔާގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް އުވާލާފައިވާ ސްވިޑަންގެ ޒަލަޓަން އިބްރަޙިމޮވިޗްގެ ނަން ޗެމްޕިއަންސް ލީގުގެ ސްކޮޑްގައި ހިމެނި އިރު ޗެލްސީގައި މިދިޔަ ސީޒަންގައި މޮޅު ކުޅުމުމެއް ކުޅެދިން ސްޕެއިންގެ ޑިއޭގޯ ކޮސްޓާގެ ނަން ސްކޮޑުން އުނިކޮށްފިއެވެ.

ޔުރޮޕާލީގުގެ ކުއާޓާފައިނަލްގައި އަންޑެލެޗްޓާއި ދެ ކޮޅަށް މިދިޔަ ސީޒަންގައި ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޔުނައިޓެޑުން އިބްރަހިމޮވިޗްގެ ކޮންޓްރެކް އުވާލައި އަލުން ޔުނައިޓެޑްއަށް ގެނެސްފައިވަނީ ޓްރާންސްޕާ ބާޒާރުގައެވެ.މިހެން ކަމުން އޮކްޓޯބަރ މަހު 28 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ގްރޫފް ސްޓޭޖް މެޗުތަކުގައި ޔުނައިޓެޑުން ފޮނުވި ސްކޮޑުގައި ޒްލަޓަން އިބްރަހިމޮވިޗްގެ ނަން ހިމެނުމުން ކުރިން ހީކުރެވުނު ވަރަށް އަވަހަށް އަނިޔާއިން ސަލާމަތްވެ ކުޅުމަށް އަންނަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

2014 ވަނަ އަހަރު ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްއިން ޗެލްސީއަށް ބަދަލުވެ ޗެލްސީގައި މޮޅުކުޅުމެއް ދައްކަމުންދިޔަ ފޯވާޑް ކޮސްޓާ ކޯޗު އެންޓީނޯގެ ޕްލޭންތަކުގައި ނުހިމެނޭކަމަށް ބުނުމުން އެކަމާ ހިންހަމަނުޖެހި މިދިޔަ ޓްރާންސްފާ މާކެޓްގައި އަލުން އެތްލެޓިކޯއަށް ބަދަލުވާން މަސައްކަތްކޮށް ދެ ކުލަބުން ޓްރާންސްފާ ފީއަކާއި މެދު އެއްބަސް ނުވުމުގެ ސަބަބުން ކުލަބް ބަދަލުނުވި ކޮސްޓާ ޗެލްސީގެ ޗެމްޕިއަންސް ލީގު ސްކޮޑުގައި ހިމަނާފައި ނުވިނަމަވެސް ޕްރިމިއަރ ލީގުގެ ސްކޮޑުގައި ކޮސްޓާގެ ނަންވަނީ ހިމަނާފައެވެ.