English Edition
Dhivehi Edition
ށ. މިލަންދޫ - ފޮޓޯ: ސަން

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިލަންދޫ ޞިއްޙީ މަރުކަޒުން ހާމަކުރާ ގޮތުގައި އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ޕޮޒިޓިވްވެފައި ވަނީ މިލަންދޫ ފާމަސީގައި މަސައްކަތް ކުރާ ބިދޭސީ އެކެވެ.

އަދި އެ މީހާ އާއި މިލަންދޫން އެއްވެސް މީހަކު ސީދާ ކޮންޓެކްތް ވެފައި ނުވާ ކަމަށްވެސް ޞިއްޙީ މަރުކަޒުން ހާމަކުރެއެވެ.

ރާއްޖެއިން މިހާތަނަށް 8،486 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 5،822 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 2،629 މީހުން މި ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދަނީ 168 މީހެކެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 119،460 ސާމްޕަލް ނަގާފައިވާއިރު، 29 މީހަކު ވަނީ މި ބަލީގައި ރާއްޖެއިން މަރުވެފައެވެ.