ފުވައްމުލަކުގައި މިދިޔަ އޮގަސްޓު މަހުގެ 28ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީއެއްގެ މައްސަލަ ތަހުގީގު ކުރުމަށް ކޯޓު އަމުރެއްގެ ދަށުން މިއަދު ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި 22 އަހަރުގެ ދިވެހި ދެފިރިހެނުންނެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.
ކޯވިޑް19 އާއި ގުޅިގެން ފުވައްމުލަކަށް ގިނަ ރައްޔިތުންތަކެއް އައިސްފައިވާއިރު މާރާމާރީ ފަދަ ގިނަ ކުށްތަކެއް އަންނަނީ އާންމު ވަމުންނެވެ. މިކަމާއި ގުޅިގެން ރަށުގެ އިދާރާތަކުން ގިނަ ފިޔަވަޅު ތަކެއް އަޅަން ފައްޓާފައިވާކަން ފާހަގަ ކުރެވެއެވެ.