Raees, Sri Lanka ge Bodu Vazeerah maruhabaage message eh fonuhvaifi - AO News
English Edition
Dhivehi Edition

Worldwide

  • 28,946,628confirmed
  • 20,813,150recovered
  • 7,208,868active
  • 924,610deaths

Maldives

  • 9,052confirmed
  • 7,055recovered
  • 1,960active
  • 32deaths

ކޮވިޑް 19 ކަވަރޭޖް

2 މަސް ކުރިން
ރައީސް ސޯލިހު އަދި މަހިންދަ ރާޖަޕަކްސާ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސްރީލަންކާ ޕޮދުޖަނަ ޕެރަމުނާ (އެސް.އެލް.ޕީ.ޕީ.) ޕާޓީއިން ހޯދި ކާމިޔާބީ ފާހަގަކުރައްވާ، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކަމާއިއެކު ނިމިގެންދިއުމުން، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުރުން އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށްވެސް މަރުޙަބާ ދަންނަވާފައެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންތިޚާބުގައި އެސް.އެލް.ޕީ.ޕީ. އިން ހޯދި ކާމިޔާބީއިން ދޭހަކޮށްދެނީ، މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ ހިންގުންތެރިކަން އެ ޤައުމުގެ ރައްޔިތުން ބަލައިގަނެ، ސަރުކާރަށް އިތުބާރުކުރާ ކަމަށާއި، ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އެ ޤައުމުގެ ރައްޔިތުން ބޭނުންވާކަން ކަމުގައެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރަން ދިވެހިރާއްޖެއިން އަބަދުމެ މަސައްކަތް ކުރަމުން ގެންދާނެކަމާއި، ޚާރިޖީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް އިސްކަން ދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.