English Edition
Dhivehi Edition
21 ޖުލައި 2020 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

2020 އޮގަސްޓް މަހުގެ 4 ވަނަދުވަހުންފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހް ވަނީ ހަމަޖައްސަވާފައެވެ.

ރައީސްއޮފީހުން ނެެރެފައިވާ ދެންނެވުމުގައި ވާގޮތުން މިގޮތަށް ހަމަޖައްސަވާފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައެވެ.

މިމުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް،ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިން ކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އަންގަވާފައެވެ.

މިދުވަސްކޮޅަކީ، މާލޭއިން ކޮވިޑް -19 ގެ ކޭސްތައް ގިނަ ޢަދަދަކަށް ރިޕޯރޓް ކުރަމުންދާ ދުވަސްކޮޅެކެވެ. އަދި ތަފާސް ހިސާބުން ދައްކާގޮތުން އެއްމެ ބޮޑަށް މިބަލި ފެތުރިފައިވާ ކަމަށް ފާހަގަކުރެވި ފައިވަނީ ވެސް މަސައްކަތުގެ މާޙައުލުންނެވެ.