English Edition
Dhivehi Edition
ރާއްޖެއިން ކޯވިޑް-19 ތައްޔާރުވުމަށްޓަކައި ބޭއްވި އިމެޖްންސީ ޑްރިލްއެއްގެ ތެރެއިން- ފޮޓޯ މިހާރު

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 129 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް އިތުރު ބިދޭސީއަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ އަކީ ބަންގްލަދޭޝް މީހަކު ކަމަށެވެ. އަދި އޭނާ އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 129 އަށް އަރައިފަ އެވެ. ހުކުރު ދުވަހުވެސް ރާއްޖެއިން 18 މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ 14 ދިވެހިންނާއި، ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާ މީހަކާއި ސްރީ ލަންކާގެ މީހެކެވެ.

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 19 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި، ބަންގްލަދޭޝްގެ ތިން މީހުންނާއި އިންޑިއާ މީހާކާއި ސްރީ ލަންކާ މީހެކެވެ. އަދި އެމީހުންގެ ތެރޭގައި އުމުރުން 60 އަހަރުގެ ދިވެއްސެއްވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެދުވަހު އެކަނިވެސް 23 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ބަންގްލަދޭޝް މީހުންނާއި 4 ދިވެހިންނެވެ.