English Edition
Dhivehi Edition

މޯލްޑިވްސް ޔުނިވަރސިޓީ (އެމްއެންޔޫ އިން “އެމްއެންޔޫ އާއިއެކު ވަގުތުކޮޅެއް” ގެ ނަމުގައި އައްޑޫގައި އިވެންޓެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. އެމްއެންޔޫގެ ހިތަދޫ ކެމްޕަހުން މައުލޫމާތު ދެއްވި ގޮތުގައި މި އިވެންޓަކީ މިއަހަރުގެ ޖުލައި މަހު އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާ ބެހޭގޮތުން މައުލޫމޫމާތު ދިނުމަށްޓަކައި ކުރިއަށް ގެންދާ އިވެންޓެކެވެ. ކޯސްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ފޭދޫ ބަދަރުގައި 12 މޭ 2017 ދަވަހުގެ ހަވީރު 16:00 އިން 18:00 އަށް “އެމްއެންޔޫ އާއިއެކު ވަގުތުކޮޅެއް” ގެ ނަމުގައި އިވެންޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މޭ 15 ވަނަ ދުވަހުގެ ހަވީރު ހިތަދޫ ކެމްޕަހުގައި ‘ޓީ އިވެންޓެއް’ ކުރިއަށްދާނެ ކަމަށް ހިތަދޫ ކެމްޕަހުން ބުނެއެވެ. ޔުނިވަރސިޓީގައި އަލަށް ފަށާ ކޯސްތައް ކޯސްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން މެއި 6 ވަނަ ދުވަހު ހަވީރު ކެމްޕަހުގެ މުވައްޒަފުންނާއި ދަރިވަރުން ގުޅިގެން ހިތަދޫން ފެށިގެން ގަމާއި ހަމައަށް ސައިކަލު ބުރެއް ވެސް ވަނީ ބާއްވާފައެވެ. މި ބުރުގައި ވަނީ ކޯސްތަކާއި ބެހޭ މައުލޫމާތު ހިމެނޭ ފްލަޔާވެސް ބަހާފައެވެ. މިއަހަރުގެ ޖުލައި މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެޕްލައި ކުރުމުގެ އެންމެ ފަހު ތާރީޚަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ކިޔަވަމުން ގެންދާ އެމްއެންޔޫގެ ހިތަދޫ ކެމްޕަހުގައި މިވަގުތު ފުލް ޓައިޕް، ޕާރޓް ޓައިމް އަދި ބްލޮކްމޯޑުގެ އެކި ދާއިރާތަކުގެ ކޯސްތައް ކުރިއަށްގެންދެއެވެ. އެއީ އެޑިއުކޭޝަން، އިންޖިނިއަރިންގ، ވިޔަފާރި، ސިއްހީ، ފަތުރުވެރިކަމުގެ، ދީނީ، އައިޓީ ފަދަ ދާއިރާތަކުގެ ކޯސްތަކެވެ.