English Edition
Dhivehi Edition

ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ ތެރެއިން 62،695 މީހުން ރަނގަޅުވެ ފަރުވާދޭ ތަންތަނުން ދޫކޮށްލައިފި އެވެ.

މިނިސްޓްރީ އޮފް ހެލްތުން ނެރުނު ޑާޓާބޭސް ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 109,835 މީހުންނަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި މި ބަލި ޖެހިގެން މިހާތަނަށް 3،803 މީހުން މަރުވެފައި ވެއެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި އެކަނިވެސް 80,699 މީހުންނަށް ބަލި ޖެހިފައިވާއިރު އެ ޤައުމުން 3,097 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިގެން އެ ޤައައުމުން 57,320 މީހުން ވަނީ ރަނގަޅުވެސް ވެފައެވެ.

ޗައިނާއިން ބޭރުގައި ވައިރަސް ޖެހުނު މީހުން.
29,136 މީހުންނަށް ވައިރަސް ޖެހިފައިވޭ
706 މީހުން މަރުވެފައިވޭ
3،375 މީހުން ބަލިން ރަނގަޅުވެފައިވޭ

ރާއްޖޭގައި ކޮވިޑް-19 އާއި ބެހޭގޮތުން މައުލޫމާތު ހޯދަން ގުޅަންޖެހޭ ނަންބަރަކީ 1676 އެވެ. މި ނަންބަރަށް 24 ގަޑިއިރު ހިލޭ ގުޅޭނެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ ކޭސް ރިޕޯޓުކޮށްފައި ވަނީ 07 މާރިޗް 2020 ގައެވެ.

ރާއްޖެއިން ވައިރަސް ފެނުމާއި ގުޅިގެން ވަނީ މުޅި ރާއްޖެއަށް ރީނދޫ އެލާޓް ނެރެފައެވެ. އަދި ވައިރަސް ފެނުނު ރައްތަކުގައި ވަނީ އޮރެންޖު އެލާޓް ނެރެފައެވެ.