Fuluhunge Special Constabulary Constable ge maqaamah kurimathilumah hulhuvaalaifi - AO News Fuluhunge Special Constabulary Constable ge maqaamah kurimathilumah hulhuvaalaifi

ކޮވިޑް 19 ކަވަރޭޖް

  • 6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
  • މަހުގެ ތަފާތު ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިފި
940,753 CONFIRMED
196,221 RECOVERED
697,013 ACTIVE
47,519 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-02 11:06
ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
1 މަސް ކުރިން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Advt

Advertisement

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހަކު -/11،421 ރުފިޔާ ލިބޭނެ ކަމަށެވެ.

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި، މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުމުގެ އިތުރުން  ފިރިހެނެއް ނަމަ އިސްކޮޅުގައި “3’5 ވުރެ ކުރުނުވުން އަދި އަންހެނެއް ނަމަ އިސްކޮޅުގައި ‘5 ފޫޓަށްވުރެ ކުރުނުވުން ހިމެނެއެވެ.

އަދި އެމީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން އެ މަޤާމަށް އެދޭ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށްނުވުމާއެކު، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ.

އެ އިއުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވާން ޖެހޭނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ އެ މަޤަމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ އިދާރާއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 31 މެއި 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ފެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން އަދި އެ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވޭތޯ އެވެ.