މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 07:21 ހާއިރު، އެސްބީއައި ކައިރީގައި ސެކިއުރިޓީ ބަލަހައްޓަމުންދިޔަ މީހަކަށް 18 އަހަރުން ދަށުގެ ކުއްޖަކު ހަމަލާދީ މާރާމާރީ ހިންގާފައިވާކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެމީހާއަށް ހަމަލާދިން ސަބަބެއް އަދި އެމީހާއަށް ލިބުނު އަނިޔާތަކުގެވެސް އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
އަދި އެ މައްސަލައާއި ގުޅިގެން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.