English Edition
Dhivehi Edition

ވާހަކަ ލިޔުނީ: ސަނާ އަޙްމަދު
އަޙްމަދު އަށް ހޭލެވުނީ ތައްޓެއް ވެއްޓި ތެޅުނުއަޑަށެވެ. މީހެއްގެ ހިލަމެއް ބިލަމެއް ނުވެއެވެ. ކޮޓަރީގައި އެންމެން ތިބީ ގަދަނިދީގައެވެ. ގަޑިންް މެންދަމު ބަރާބަރު 2 ޖެހީއެވެ. އަޙްމަދު ހިތާ ހިތާ ސުވާލު ކުރިއެވެ.
” ގަޑން ބަރާބަރު 2 ޖެހީއެވެ. މިއީއަނެއްކާ ކޮންކަމެއްބާ؟ ފެންތަށިބަންޑުން ވެފައިވަނީ އަހަރެން ފައިވާނުގެ މައެްޗަށ!ް” ޝައްކު ތެރޭގައި އަޙްމަދު އޮތެވެ.އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ދޮންމަންމަގެ ހިތްކަޅުކަމާހުރެ ގޭތެރޭގައި ހިންހަމަޖެހިލައިގެން ނޫޅެވޭތާ ނިދައިވެސް ނުލެވެއެވެ. އަޙްމަދު ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ހާސްކަން އިންތިހާއަށް އިތުރުވެގެންދިޔައެވެ. ދޮންމަންމަގެ ކެހިވަރިކަމުން ސަލާމްތަވާނީކޮންދުވަހަކުން ބާވައޭ ހިތަށް އަރަމުން ދެއެވެ.ދެފުށަށް ފުރޮޅިލައި ފުރޮޅިލައިއޮތްވާ ފަތިސްވެއްޖެއެވެ. ވަސްވާސްތަކުން ސަލާމަތްވެލުމަށް މިއޮތީ ރަނގަޅު ފުރުސަތެކެވެ. ވުޟޫކޮށްލައިގެން އަޙްމަދު މިސްކިތަށް ދިއުމަށް އަވަސްވެގަތެވެ.
ނަމާދުކޮށް އަވަދިވުމުން އަޙްމަދު ހިތަށް ވެރިވާންފެށި ޝުއޫރު ތަފާތެވެ. “އާން! ޔަޤީނުންވެސް އެފެންތަށި ބަންޑުންވީ ދޮންމަންމަގެ އަތުން! އެއީ އަހަރެންނަށް ސިހުރުހެދުމަށް ކިޔެވެލިތައްކިޔަވާފައި ހުރި ފެންތައްޓެއް” އަޙްމަދު ހިތައް ފިނިކަމެއް ހޯދުމަށް މުދިން ހާޖީ ކައިރިއަށް ދިޔައެވެ.އަޙްމަދު އަށް ދިމާވި ކަންތައްތަކުގެ ވާހަކަ މުދިން ހާޖީ އަށް ކިޔައިދިނެވެ. މުދިން ހީޖީ ބުޏްނެވެ. ” ކޮއިފުޅާ ! ޝައްކުތަކުން އެއްކިބާވެ ރަނގަޅަށް އުޅޭ މީހަކަށް ގެއްލުމެއް ނުދެވޭނެ. ދެރަގޮތެއް ނެހެދޭނެ!ކަންކަމުން ސަލާމަތްވަމަށް ހުރިހާ ދުއާ ތަކާއި ޒިކުރު ތައް ކިޔަވާ ހަދާ އޭރުން ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ!” މުދިންހާޖީގެ ބަސްތައް އަޙްމަދު ޤަބޫލް ކުރިއެވެ. ދޮންމަންމަގެ ނަފްރަތައް އަޅާނުލުމަށް އަޙްމަދުގެ ހިތުގައި ބިންވަޅު ނެގިއެވެ. އޭނާގެ ސާބިތުކަން ތަޤްވާގެ ކާނާއިން ވަރުގަދަކުރިއެވެ.
ގޭގެ ތެރޭގައި ދިވާވަމުންދާ ކޮޅިގަނޑުތަކަށް ނިމުމެއް ނާދެއެވެ. ދޮންމަންމަގެ ނުލަފާކަން ހައްދުފަހަނައަޅައި ދިޔައެވެ. އަޙްމަދަށް މީރު ކާއެއްޗެއް ކައެއް ނުލެވެއެވެ. މަދަރުސާއަށްދާންޖެހެނީ ތަތްވެފައިވާ ޔުނީފޯމްގައެވެ.ސްކޫލަށް ލާންޖެހެނީ ބާވެ ހުސްވެފައިވާ ބޫޓަކަށެވެ.މިހިއްދަތި ޙާލުގާ އުޅޭއިރުވެސް އަހުމަދު ދުވަހަކުވެސް ޝަކުވައެއް ނުކުރައެވެ.ނަމަވެސް ދޮންމަންމަގެ ހަޅޭކުގެސަބަބުން ނުވަތަ އެނިކަމެތި ޙާލު އޭނާގެ ބައްޕަ އަށް އިޙްސާސް ނުކުރެވެނީހޭ؟ މިއީ އޭނާގެ ހިތުގައި އަބަދުވެސް އުފެދޭ ސުވާލެކެވެ.އަހުމަދުގެ ހިމާޔަތުގައި އޭނާގެ ބައްޕަދުވަހަކުވެސް ބަހެއް ނުބުނެއެވެ. ދޮންމަންމަގެ ވާހަކައިގައި ޖެހި ބައްޕަވެސް ވަނީ ހަލާކުވެފައެވެ.ނަމަވެސް އަހުމަދުގެ ބައްޕަ އޭނާދެކެ ލޯބިވާނެކަމަށް އުއްމީދުކުރެވެ.
ދުވަސް ފާއިތުވަމުން ގޮސް މިއަހަރަކީ އަހުމަދު އޯލެވެލް އަށް ތައްޔާރުވާ އެންމެ ފަހު އަހަރެވެ.އޭނާގެ ޘާނަވީ ކިޔެވުން ނިމޭ އަހަރެވެ.އެންމެ މޮޅުނޫނަސް މެދުދަރަޖައިގެ ނަތީޖާއެއް ހޯދިއެވެ. ޘާނަވީ ހަޔާތް ނިންމާފައި އޭނާ ވަޒީފާއަކަށް ދާން ނިންމިއެވެ.އޭނާގެ ބައްޕައަކީ ފިހާރައެއް ހިންގާ މީހަކަށް ވެފައި ބައްޕައާއެކު ފިހަރައިގައި އެހީވުމަށް ނިންމިއެވެ.ބައްޕަ ގާތުމިވާހަކަ ބުނުމުން ދޮންމަންމަ ބުންޏެވެ. “ކަލެއަށް ވާނީކޮންއެޗެއް؟ކަލޭނެތި މިހާދުވަހުވެސް މަސައްކަތް ކުރީ؟އަނެއްކާ ތިކަހަލަ ކުޑަކުދިން ގޮސްގެން އެއްވެސް އެހީއެއް ނުވާނެ.!ނުބަހައްޓާތި! ކަލޭ ދާނެކަމެއްނެތް!” ދޮންމަންމަގެ މިބަސްތަކުން އަހުމަދު ވަރަށް ދެރަވީއެވެ.ބައްޕަވެސް ދޮންމަންމައާ އެއްބަސްވިއެވެ.އަދި އަހުމަދު ނުގެންދަން އެއްބަސްވިއެވެ. އަހުމަދު ވަރަށް މަސައްކަތުން ފިހާރައެއްގެ ސޭލްސްމެން އެއްގެ ވަޒީފާ ލިބުނެވެ.ލިބުނު ވަޒީފާ ދޫނުކޮށް އުޅުނެވެ. އަޙްމަދު އަށް ހޭލެވުނީ ތައްޓެއް ވެއްޓި ތެޅުނުއަޑަށެވެ. މީހެއްގެ ހިލަމެއް ބިލަމެއް ނުވެއެވެ. ކޮޓަރީގައި އެންމެން ތިބީ ގަދަނިދީގައެވެ. ގަޑިން މެންދަމު ބަރާބަރު 2 ޖެހީއެވެ. އަޙްމަދު ހިތާ ހިތާ ސުވާލު ކުރިއެވެ.
” ގަޑން ބަރާބަރު 2 ޖެހީއެވެ. މިއީއަނެއްކާ ކޮންކަމެއްބާ؟ ފެންތަށިބަންޑުން ވެފައިވަނީ އަހަރެން ފައިވާނުގެ މައްޗަށް!” ޝައްކު ތެރޭގައި އަޙްމަދު އޮތެވެ.އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ދޮންމަންމަގެ ހިތްކަޅުކަމާހުރެ ގޭތެރޭގައި ހިންހަމަޖެހިލައިގެން ނޫޅެވޭތާ ނިދައިވެސް ނުލެވެއެވެ. އަޙްމަދު ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ހާސްކަން އިންތިހާއަށް އިތުރުވެގެންދިޔައެވެ. ދޮންމަންމަގެ ކެހިވަރިކަމުން ސަލާމްތަވާނީކޮންދުވަހަކުން ބާވައޭ ހިތަށް އަރަމުން ދެއެވެ.ދެފުށަށް ފުރޮޅިލައި ފުރޮޅިލައިއޮތްވާ ފަތިސްވެއްޖެއެވެ. ވަސްވާސްތަކުން ސަލާމަތްވެލުމަށް މިއޮތީ ރަނގަޅު ފުރުސަތެކެވެ. ވުޟޫކޮށްލައިގެން އަޙްމަދު މިސްކިތަށް ދިއުމަށް އަވަސްވެގަތެވެ.
ނަމާދުކޮށް އަވަދިވުމުން އަޙްމަދު ހިތަށް ވެރިވާންފެށި ޝުއޫރު ތަފާތެވެ. “އާން! ޔަޤީނުންވެސް އެފެންތަށި ބަންޑުންވީ ދޮންމަންމަގެ އަތުން! އެއީ އަހަރެންނަށް ސިހުރުހެދުމަށް ކިޔެވެލިތައްކިޔަވާފައި ހުރި ފެންތައްޓެއް ” އަޙްމަދު ހިތައް ފިނިކަމެއް ހޯދުމަށް މުދިން ހާޖީ ކައިރިއަށް ދިޔައެވެ.އަޙްމަދު އަށް ދިމާވި ކަންތައްތަކުގެ ވާހަކަ މުދިން ހާޖީ އަށް ކިޔައިދިނެވެ. މުދިން ހީޖީ ބުޏްނެވެ. ” ކޮއިފުޅާ ! ޝައްކުތަކުން އެއްކިބާވެ ރަނގަޅަށް އުޅޭ މީހަކަށް ގެއްލުމެއް ނުދެވޭނެ. ދެރަގޮތެއް ނެހެދޭނެ!ކަންކަމުން ސަލާމަތްވުމަށް ހުރިހާ ދުއާ ތަކާއި ޒިކުރު ތައް ކިޔަވާ ހަދާ އޭރުން ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ!” މުދިންހާޖީގެ ބަސްތައް އަޙްމަދު ޤަބޫލް ކުރިއެވެ. ދޮންމަންމަގެ ނަފްރަތައް އަޅާނުލުމަށް އަޙްމަދުގެ ހިތުގައި ބިންވަޅު ނެގިއެވެ. އޭނާގެ ސާބިތުކަން ތަޤްވާގެ ކާނާއިން ވަރުގަދަކުރިއެވެ.
ގޭގެ ތެރޭގައި ދިވާވަމުންދާ ކޮޅިގަނޑުތަކަށް ނިމުމެއް ނާދެއެވެ. ދޮންމަންމަގެ ނުލަފާކަން ހައްދުފަހަނައަޅައި ދިޔައެވެ. އަޙްމަދަށް މީރު ކާއެއްޗެއް ކައެއް ނުލެވެއެވެ. މަދަރުސާއަށްދާންޖެހެނީ ތަތްވެފައިވާ ޔުނީފޯމްގައެވެ.ސްކޫލަށް ލާންޖެހެނީ ބާވެ ހުސްވެފައިވާ ބޫޓަކަށެވެ.މިހިއްދަތި ޙާލުގާ އުޅޭއިރުވެސް އަހުމަދު ދުވަހަކުވެސް ޝަކުވައެއް ނުކުރައެވެ.ނަމަވެސް ދޮންމަންމަގެ ހަޅޭކުގެސަބަބުން ނުވަތަ އެނިކަމެތި ޙާލު އޭނާގެ ބައްޕަ އަށް އިޙްސާސް ނުކުރެވެނީހޭ؟ މިއީ އޭނާގެ ހިތުގައި އަބަދުވެސް އުފެދޭ ސުވާލެކެވެ.އަހުމަދުގެ ހިމާޔަތުގައި އޭނާގެ ބައްޕަދުވަހަކުވެސް ބަހެއް ނުބުނެއެވެ. ދޮންމަންމަގެ ވާހަކައިގައި ޖެހި ބައްޕަވެސް ވަނީ ހަލާކުވެފައެވެ.ނަމަވެސް އަހުމަދުގެ ބައްޕަ އޭނާދެކެ ލޯބިވާނެކަމަށް އުއްމީދުކުރެވެ.
ދުވަސް ފާއިތުވަމުން ގޮސް މިއަހަރަކީ އަހުމަދު އޯލެވެލް އަށް ތައްޔާރުވާ އެންމެ ފަހު އަހަރެވެ.އޭނާގެ ޘާނަވީ ކިޔެވުން ނިމޭ އަހަރެވެ.އެންމެ މޮޅުނޫނަސް މެދުދަރަޖައިގެ ނަތީޖާއެއް ހޯދިއެވެ. ޘާނަވީ ހަޔާތް ނިންމާފައި އޭނާ ވަޒީފާއަކަށް ދާން ނިންމިއެވެ.އޭނާގެ ބައްޕައަކީ ފިހާރައެއް ހިންގާ މީހަކަށް ވެފައި ބައްޕައާއެކު ފިހަރައިގައި އެހީވުމަށް ނިންމިއެވެ.ބައްޕަ ގާތުމިވާހަކަ ބުނުމުން ދޮންމަންމަ ބުންޏެވެ. “ކަލެއަށް ވާނީކޮންއެޗެއް؟ކަލޭނެތި މިހާދުވަހުވެސް މަސައްކަތް ކުރީ؟އަނެއްކާ ތިކަހަލަ ކުޑަކުދިން ގޮސްގެން އެއްވެސް އެހީއެއް ނުވާނެ.!ނުބަހައްޓާތި! ކަލޭ ދާނެކަމެއްނެތް!” ދޮންމަންމަގެ މިބަސްތަކުން އަހުމަދު ވަރަށް ދެރަވީއެވެ.ބައްޕަވެސް ދޮންމަންމައާ އެއްބަސްވިއެވެ.އަދި އަހުމަދު ނުގެންދަން އެއްބަސްވިއެވެ. އަހުމަދު ވަރަށް މަސައްކަތުން ފިހާރައެއްގެ ސޭލްސްމެން އެއްގެ ވަޒީފާ ލިބުނެވެ.ލިބުނު ވަޒީފާ ދޫނުކޮށް އުޅުނެވެ.
މިހެން ދުވަސް ތައް ފާއިތުވަމުން ގޮސް އެއްދުވަހަކު ބައްޕަ ވަަރަށްަ ބަލވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.ޑޮކްޓަރ ބައްލަވަފައި ބުނީ ހިތުގެމައްސަލައެއްގައި ވަރަށް ބޮޑުއޮޕަރަޝޭން ކުރަނެޖެހޭ އަދިވަރަށް ގިނަ ފއިސަާާ ބޭނުން ވާ ވާހަކައެވެ.ެ. އެދުވަސްވަރަކީ އަޙްމަދު ގެ ބައްޕަފިހާރައަށް ތަދުދުވަސްވަރެއްކަމުން އެހާ ބޮޑު ފާއިދާއެއް ނުވެއެވެ. އެހެންކަމުން އެޮޕަރޭޝަންކުރަން އެހާވަރަށް ފައިސާއެއްވެސްނެތެވެ. ދޮންމައްމަހިތް ހަލާކު ނުވީ ކިރިއާއެވެ.ކޮންމެހެންވެސް އެެއޮޕަރޭޝަނު ކުރަންޖެހޭތީ އެހީއަށްއެދޭން ޖެހުނެވެ. ދޮންމަންމަގެ ބޮޑާކަމުން ސަލާން ޖަހަން ދާން ބޭނުމެއް ނުވެއެވެ. އަޙްމަދު އަކީ ރުފިޔާ ރައްކާކުރާ ކުއްޖަކަށްވެފައި އޭނާގެ އަތުގައި އޮޕަރޭޝަަނަށް ބޭނުންވާ ވަރަށް ފައިސާ ހުއްޓެވެ. ދެން އޭނަގެ ބައްޕަ ކޮންމެ ގޮތަކަށްހެދި ކައުގައިވީނަމަވެސް އޮޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ދެއްކީ އަހުމަދެވެ. ދޮންމަންމަ ހަދާނެގޮތެ ނޭނގިގެން ގޭގައި އިންދާ އޭނާގެ ދޮށީ ދަރިފުޅު އައިސް އޮޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ދައްކާފި ވާހަކަ ބުނުމުން ދޮންމަންމައަށް ހީވީ ހިތަށް ފިނިފެން ތައްޓެއް އޮސްސާލިހެންނެވެ. ދޮންމަމަންމަ ވަރަށް އުފާވެފައި ފައިސާދެއްކީކާކުތޯ ސުވލުާކުރިއެވެ. ޖަވާބުގައި އަޙްމަދު އޭ ބުނުމުން ދެން އެމޫނުގައިވާ ހިނިތުންވުން ފިލިއެވެ. މޯޅިވެފައިވާ މޫނަކާއިގެން ސޯފާގައި އިށީނެވެ. ދޮންމަންމަ އެދިޔަ ގޮތަކަށް ގޮސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެއޮވެ ވަރަށް ފުންކޮށް ވިސްނަން ފެށިއެވެ. ދޮންމަންމައަށް ކުރެވުނު ގޯސްކަންތައްތަކުގެ މަތިން ހަނދާންވެ ރޯން ފެށިއެވެ. އަދި އަޙްމަދުގެ ގާތަށް މާފަށް އެދެން ދިޔައެވެ. ދޮންމަންމަ އެދުވަހުގެ މެންދުރު އަޙްމަދުގެ ކޮޓަރިއަށް ދިޔައެވެ. އަޙްމަދު ފެނުމުން ލަދުން އިސްޖަހާލެވުނެވެ. އަދި އަޙްމަދު އާއި ދިމާލަށް ހަތަރު ކަޅި ހަމަކުރަން ނުކެރުނެވެ. އެހާވެސް ލަދުގަނެފައެވެ. ނަމަވެސް ހިތްވަރެއްލާފައި ވާހަކަ ދައްކަން ފެށިއެވެ. “އަޙްމަދު ، މަންމައަށް މާފުކުރޭ. މިއޮތްހާ ދުވަހު އަޙްމަދު އާއިތދޭތެރޭ ކަންތައްކުރެވުނީ ރަނގަޅަކަށްނޫން!” މިހެން ބުނެ ނިމުނުތަނާ ދޮންމަންމަގެ ލޮލުން ކަރުނަ ހޯސްލާފައި ފައިބާން ފެށިއެވެ. މިމަންޒަރު ބަލަން އަޙްމަދަށް ކެތް ނުކުރެވިގެން ބުންޔެވެ. ” މަންމައަށް އަހަރެން މާފުކޮށްފިން! މަންމައަށް ވިސްނުނީތީ އުފާކުރަން.”
އެދުވަސްވެގެންދިޔައީ އަޙްމަދުގެ ހަޔާތަށް އަލިކަމެއް ގެނެސްދިން ދުވަހަކަށެވެ. އޭނާއަށް މަންމައެއްގެ ލޯބި ލިބެން ފެށި ދުވަހަކަށެވެ. އޭނާއަށް މަންމަގެ ލޯބި ލިބެން ފެށި ދުވަހަކަށެވެ. އެދުވަހަށްފަހު ދޮންމަންމަ އައީ އަޙްމަދު ވެސް އޭނާގެ އަމިއްލަ ދަރިއެއް ގޮތުގައި ދެކެމުން އެހާ ލޯބިން ގެންގުޅެމުންނެވެ.
މިހެން ދުވަސް ތައް ފާއިތުވަމުން ގޮސް އެއްދުވަހަކު ބައްޕަ ވަރަށް ބަލވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.ޑޮކްޓަރ ބައްލަވަފައި ބުނީ ހިތުގެމައްސަލައެގައި ވަރަށް ބޮޑުއޮޕަރަޝޭން ކުރަނެޖެހޭ އަދިވަރަށް ގިނަ ފައިސާ ބޭނުން ވާ ވާހަކައެވެ. އެދުވަސްވަރަކީ އަޙްމަދު ގެ ބައްޕަފިހާރައަށް ތަދުދުވަސްވަރެއްކަމުން އެހާ ބޮޑު ފާއިދާއެއް ނުވެއެވެ. އެހެންކަމުން އެޕަރޭޝަންކުރަން އެހާވަރަށް ފައިސާއެއްވެސްނެތެވެ. ދޮންމައްމަހިތް ހަލާކު ނުވީ ކިރިއާއެވެ.ކޮންމެހެންވެސް އެއޮޕަރޭޝަނު ކުރަންޖެހޭތީ އެހީއަށްއެދޭން ޖެހުނެވެ. ދޮންމަންމަގެ ބޮޑާކަމުން ސަލާން ޖަހަން ދާން ބޭނުމެއް ނުވެއެވެ. އަޙްމަދު އަކީ ރުފިޔާ ރައްކާކުރާ ކުއްޖަކަށްވެފައި އޭނާގެ އަތުގައި އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ފައިސާ ހުއްޓެވެ. ދެން އޭނަގެ ބައްޕަ ކޮންމެ ގޮތަކަށްހެދި ކައުގައިވީނަމަވެސް އޮޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ދެއްކީ އަހުމަދެވެ. ދޮންމަންމަ ހަދާނެގޮތެއް ނޭނގިގެން ގޭގައި އިންދާ އޭނާގެ ދޮށީ ދަރިފުޅު އައިސް އޮޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ދައްކާފި ވާހަކަ ބުނުމުން ދޮންމަންމައަށް ހީވީ ހިތަށް ފިނިފެން ތައްޓެއް އޮސްސާލިހެންނެވެ. ދޮންމަމަންމަ ވަރަށް އުފާވެފައި ފައިސާދެއްކީކާކުތޯ ސުވާލުކުރިއެވެ. ޖަވާބުގައި އަޙްމަދު އޭ ބުނުމުން ދެން އެމޫނުގައިވާ ހިނިތުންވުން ފިލިއެވެ. މޯޅިވެފައިވާ މޫނަކާއިގެން ސޯފާގައި އިށީނެވެ. ދޮންމަންމަ އެދިޔަ ގޮތަކަށް ގޮސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެއޮވެ ވަރަށް ފުންކޮށް ވިސްނަން ފެށިއެވެ. ދޮންމަންމައަށް ކުރެވުނު ގޯސްކަންތައްތަކުގެ މަތިން ހަނދާންވެ ރޯން ފެށިއެވެ. އަދި އަޙްމަދުގެ ގާތަށް މާފަށް އެދެން ދިޔައެވެ. ދޮންމަންމަ އެދުވަހުގެ މެންދުރު އަޙްމަދުގެ ކޮޓަރިއަށް ދިޔައެވެ. އަޙްމަދު ފެނުމުން ލަދުން އިސްޖަހާލެވުނެވެ. އަދި އަޙްމަދު އާއި ދިމާލަށް ހަތަރު ކަޅި ހަމަކުރަން ނުކެރުނެވެ. އެހާވެސް ލަދުގަނެފައެވެ. ނަމަވެސް ހިތްވަރެއްލާފައި ވާހަކަ ދައްކަން ފެށިއެވެ. “އަޙްމަދު ، މަންމައަށް މާފުކުރޭ. މިއޮތްހާ ދުވަހު އަޙްމަދު އާއިތދޭތެރޭ ކަންތައްކުރެވުނީ ރަނގަޅަކަށްނޫން!” މިހެން ބުނެ ނިމުނުތަނާ ދޮންމަންމަގެ ލޮލުން ކަރުނަ ހޯސްލާފައި ފައިބާން ފެށިއެވެ. މިމަންޒަރު ބަލަން އަޙްމަދަށް ކެތް ނުކުރެވިގެން ބުންޔެވެ. ” މަންމައަށް އަހަރެން މާފުކޮށްފިން! މަންމައަށް ވިސްނުނީތީ އުފާކުރަން.”
އެދުވަސްވެގެންދިޔައީ އަޙްމަދުގެ ހަޔާތަށް އަލިކަމެއް ގެނެސްދިން ދުވަހަކަށެވެ. އޭނާއަށް މަންމައެއްގެ ލޯބި ލިބެން ފެށި ދުވަހަކަށެވެ. އޭނާއަށް މަންމަގެ ލޯބި ލިބެން ފެށި ދުވަހަކަށެވެ. އެދުވަހަށްފަހު ދޮންމަންމަ އައީ އަޙްމަދު ވެސް އޭނާގެ އަމިއްލަ ދަރިއެއް ގޮތުގައި ދެކެމުން އެހާ ލޯބިން ގެންގުޅެމުންނެވެ.
ވާހަކަ