English Edition
Dhivehi Edition

އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ސެލީނާ ގޮމޭޒްގެ އާ އަލްބަމް “ރެއާ” އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އެތައް މިލިއަން ފޭނުންނެއް އުޅޭ ސެލީނާގެ މި އަލްބަމް ނެރެފައި ވަނީ 5 އަހަރުގެ މެދުކެނޑުމަކަށް ފަހުގައި އެވެ. ސެލީނާ އެންމެ ފުރަތަމަ އަލްބަމެއް ނެރެފައި ވަނީ 2013 ގައި ނެރުނު “ސްޓާޒް ޑާންސް” އެވެ. އޭގެ ފަހުން 2015 ގައި ނެރުނީ “ރިވައިވަލް” ކިޔާ އަލްބަމެކެވެ.


މިމަހުގެ 10 ގައި ނެރެފައިވާ ސެލީނާގެ “ރެއާ” އަލްބަމުގައި 18 ލަވަ ހިމެނޭއިރު މީގެ ތެރެއިން ބައެއް ލަވަތަކަކީ ބައެއް މަޝްހޫރު އާޓިސްޓުންނާއި ގުޅިގެން ގެނެސްދީފައިވާ ލަވަތަކެކެވެ. މީގެ ތެރޭގައި ގުޗީ މޭން އާއި މާޝްމެލޯ އާއި 6 ބްލެކާގެ އިތުރުން ކައިގޯ އަދި ކިޑް ކޫޑީ ހިމެނެއެވެ.


27 އަހަރުގެ ސެލީނާގެ ފަހު އަލްބަމް ވަނީ ރޯލިން ސްޓޯން ޓޮޕް 100 އާއި ބިލްބޯޑް ހޮޓް 100 ގައިވެސް ހިމެނިފައެވެ. މިއުޒިކު އުފެއްދުންތަކަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ގެންދަނީ ސެލީނާގެ ފަހު އަލްބަމަކީ އޭނާ މިހާތަނަށް ނެރުނު އެންމެ ހިތްގައިމު އަލްބަމް ކަމަށެވެ.

ޓެގު