English Edition
Dhivehi Edition
މ. މުލައް - ފޮޓޯ: މުލަކު އަތޮޅު ކައުންސިލް

މ. އަތޮޅު މުލަކުގެ ވަޑާންގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މުލަކުގެ ވަޑާމުގެ މަސައްކަތް ކުރާ ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރޭ ފަތިހު 04:57 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އެ ހާދިސާ އާއި ގުޅިގެން ފުލުހުން އެ ގެއަށް ގޮސް ވެއްޓިފައި އޮތް މީހާ މުލަކު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި، ވެއްޓިފައި ވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ވެއްޓިފައި އޮއްވާ ފެނުނު މީހާގެ ވާތް ފަރާތު މޭމަތިން ވަރަށް ފުންކޮށް، ގާތްގަނޑަކަށް ނުވަ އިންޗިހާތަން ކަފައިގެން ގޮސްފައިވާ ކަމަށާއި، އޭނާ ގޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތިީ މަރުވެފައި ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.