English Edition
Dhivehi Edition

އާ އަހަރު ފެށުމާ ދިމާކޮށް، ޕެޓްރޯލް ކުރުން ފުލުހުން އިތުރުކޮށް، ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

އާ އަހަރު ފެށުމާ ދިމާކޮށް، މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިއަށް ގެންދާ “ރިވެލި” އޮޕްރޭޝަން ގައި 6،857 އުޅަނދާއި 908 މީހުން ފާސްކޮށްފައިވާ ކަމަށް ޓްރެފިކް ޕޮލިސްގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވެއްޖެއެވެ.

ރިވެލި އޮފަރޭޝަނާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި އިއްޔެ ބޭއްވި ބައްދަލު ވުމުގައި ސަމީރު ވިދާޅުވީ މާލެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކުށްކުރުން އިތުރުވާ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި މިހާރު ފުލުހުން ގިނައިން ހަރަކާތްތެރިވާނެ ކަމަށާއި އެގޮތުން ޝައްކު ކުރެވޭ މީހުން ހުއްޓުވައި ސުވާލު ކުރާނެ ކަމަށެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން، އުޅެނދުތަކާއި މީހުން ފާސްކުރުމުގެ ތެރޭގައި ފޭރުމަށް ބޭނުންކުރާ އާލާތްތަކާއި އާ އަހަރު ފާހަގަކުރުމާ ދިމާކޮށް، އެކި ފަރާތްތަކުން ހިންގާ ފަންޑްރައިޒިންގެ ހަރަކާތްތަކުން ފޭރިފައިވާ ފައިސާ އާއި ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ތަންތަން އޮޕަރޭޝަނުގައި ބަލައި ފާސްކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ބްރީފިންގައި ފުލުހުން ބުނީ، މާލެތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކުށްކުރުން އިތުރުވާ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި މިހާރު ފުލުހުން ގިނައިން ހަރަކާތްތެރިވާނެ ކަމަށާއި އޭގެ ތެރެއިން ޝައްކު ކުރެވޭ މީހުން ހުއްޓުވައި ސުވާލު ކުރާނެ ކަމަށެވެ.

ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސްގެ ހެޑް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އިސްމާއިލް ވަނީ މި ބައްދަލުވުމުގައި އާ އަހަރު ފާހަގަ ކުރުމާ ދިމާކޮށް، ހިންގާ ޖިނާއީ ކުށްތައް ހުއްޓުވަން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އަދި ކުށްކުރާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.މި އޮޕަރޭޝަން ގައި ހުޅުމާލޭގެ ފޭސް ދޭއް އަދި އިންޑަސްޓްރިއަލް ޒޯން ގައިވެސް ރިވެލި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށް އިސްމާޢީލު ވިދާޅުވިއެވެ.

ވައްކަން އިތުރުވެފައިވާ މިންވަރާއި މިކަން ޙައްލުކުރުމުގައި ޢާއްމުން ވިސްނަންވީ ކަންތައް ތަކާމެދު ވާހަކަ ދައްކަވަމުން ކްރައިމް ޕްރިވެންޝަން އަދި ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގެ ގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ މިއީ ސްކޫލް ޗުއްޓީ ދުވަސްވަރަށް ވުމުން، ރަށުން ބޭރަށް ދާއިރު ގެތައް ތަޅުލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އަދި ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި ތިބޭއިރު، އަގުބޮޑު ސާމާނާއި ތަކެއްޗަށް ވީހާ ވެސް ބޮޑަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.